އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2025" މުބާރާތުގެ ޤަވާއިދު ފާސްކުރުމާމެދު ކައުންސިލް އިން ގޮތެއް ނިންމަވާ ދެއްވުމަށް

15 އޮކްޓޯބަރ 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/119

ބޭއްވުނު ތާރީޚް:  15   އޮކްޓޯބަރ 2025

ޖަލްސާ:2025 ވަނަ އަހަރުގެ 36 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 207 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން މިއަހަރުގެ ނޮވެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2025" މުބާރާތުގެ ޤަވާއިދު ފާސްކުރުމާމެދު ކައުންސިލް އިން ގޮތެއް ނިންމަވާ ދެއްވުމަށް

މައްސަލަ ހުށަހެޅި ފަރާތް:  ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ޔޫތު ޑިވެލޮޕްމެންޓް އެންޑް ސްޕޯޓްސް ކޮމިޓީއިން މަޝްވަރާކުރެވިފައިވާ ގޮތަށް 'އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2025' ގެ ޤަވާއިދު ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.  

 

ތާއީދު ކުރެއްވި:  ޑެޕިއުޓީ މޭޔަރ، މުހައްމަދު ޝުއާއު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޑރ. އާމިނަތު އަދާލާ ރަޝީދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10  ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/119

ތާރީޚް: 15 އޮކްޓޯބަރ 2025