ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(4)/2025/121 |
|
|
ބޭއްވުނު ތާރީޚް: 15 އޮކްޓޯބަރ 2025 |
ޖަލްސާ:2025 ވަނަ އަހަރުގެ 37 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 207 ވަނަ ޖަލްސާ) |
|
މައްސަލަ |
|
|
ހުށަހެޅުނު މައްސަލަ: ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) 4 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނުގެ 24 ވަނަ މާއްދާގައި ބަޔާން ކުރައްވާފައިވާ ގޮތުގެ މަތީން އައްޑޫސިޓީގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރެވޭނެ ޢަދަދު ކަނޑައެޅުން. |
|
|
މައްސަލަ ހުށަހެޅި ފަރާތް: ސްޓްރެޓެޖިކް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޔުނިޓް |
|
|
ނިންމުން |
|
|
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭނެ އަދަދު ކަނޑައަޅައި ނިންމުމަކީ، ވަރަށް ޓެކްނިކަލް ކަމަކަށްވާތީ، މިކަމާއި މެދު ގޮތެއް ނިންމަވާއިރު، އައްޑޫގެ މަގުތަކުގެ ހާލަތާއި، ޕޮޕިއުލޭޝަން ޑެންސިޓީ އަށާއި، ތިމާވެށްޓަށް އަންނާނެ ބަދަލުތަކަށާއި، މަގުތަކުގައި ޕާކްކުރެވޭނެ އިންތިޒާމް ހުރީ ކިހިނެއްތޯއާއި، އަދި ލޭންޑް ޔޫޒް ޕްލޭނަށް ރިޢާޔަތް ކުރަންޖެހޭތީ، އެސެސްމެންޓެއް ހަދައި ކައުންސިލަށް ޓެކްނިކަލް ލަފާދޭނެ ބަޔަކާ މަސައްކަތްހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
|
|
ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހިމް ޝިނާޒް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޑރ. އާމިނަތު އަދާލާ ރަޝީދު |
|
ވޯޓް ދެއްވި ގޮތް |
|
|
ބައިވެރިވެވަޑައިނުގަންނަވާ:01 ވޯޓް |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 09 ވޯޓް |
ވޯޓުގައި ބައިވެރިވި: 10 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

