އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ބޭންކް އޮފް މޯލްޑިވްސްއިން އޭޓީއެމްއާއި ބިޒްނަސް ސެންޓަރ ޤާއިމްކުރުމަށް ބޭނުންވާ 1000 އަކަފޫޓްގެ ބިން ހަމަޖެއްސުމާ ގުޅޭ

22 އޮކްޓޯބަރ 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/125

ބޭއްވުނު ތާރީޚް:  22   އޮކްޓޯބަރ 2025

ޖަލްސާ:2025 ވަނަ އަހަރުގެ 38 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 208 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ބޭންކް އޮފް މޯލްޑިވްސްއިން އޭޓީއެމްއާއި ބިޒްނަސް ސެންޓަރ ޤާއިމްކުރުމަށް ބޭނުންވާ 1000 އަކަފޫޓްގެ ބިން ހަމަޖެއްސުމާއި ގުޅޭގޮތުން ކައުންސިލުން ގޮތެއް ނިންމެވުމަށް

މައްސަލަ ހުށަހެޅި ފަރާތް: ހިތަދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ކައުންސިލްގެ ބިން ދޫކުރާ އުސޫލުގެ ދަށުން އަކަފޫޓަކަށް -/1 ރުފިޔާގެ ރޭޓުން ކުލި ނަގާ ގޮތައް 1000 އަކަފޫޓުގެ ބިން ދޫކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.  

ތާއީދު ކުރެއްވި:  ކައުންސިލަރ، އަޙުމަދު ސަޢީދު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހިމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:01 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 09  ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/125

ތާރީޚް: 22 އޮކްޓޯބަރ 2025