އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މޫލެކެޑެ ފިށިމަތި ސަރަޙައްދުން 2.5 ހެކްޓަރުގެ ބިން ހިއްކައިގެން ލިންކްރޯޑް ގުޅުވާލުމަށް މަގެއް ހެދުމުގެ މަޝްރޫޢާ ގުޅޭގޮތުން

22 އޮކްޓޯބަރ 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/126

ބޭއްވުނު ތާރީޚް:  22   އޮކްޓޯބަރ 2025

ޖަލްސާ:2025 ވަނަ އަހަރުގެ 38 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 208 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

މޫލެކެޑެ ފިށިމަތި ސަރަޙައްދުން 2.5 ހެކްޓަރުގެ ބިން ހިއްކައިގެން ލިންކްރޯޑް ގުޅުވާލުމަށް މަގެއް ހަދަން ސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫޢާ ގުޅޭގޮތުން

މައްސަލަ ހުށަހެޅި ފަރާތް: އަލީ އަމީލް މުހައްމަދު – ޕްރޮޖެކްޓް ތިމާވެށި

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫގެ ރައްޔިތުން، ނޭޗަރ ޕާރކް މުވައްޒަފުން ހިމެނޭހެން ޕްރޮޖެކްޓް ތިމާވެށި ޓީމްއާއި ގުޅިގެން ރައްޔިތުންގެ ޙިޔާލު ހޯދައި، މިކަމާއި ގުޅިގެން ލިބޭ ހިޔާލުތައް ކައުންސިލަށް ލިބުމުން އެންވަޔަރަމަންޓް މިނިސްޓްރީ އަށް ހުށަހެޅުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.  

ތާއީދު ކުރެއްވި:  ކައުންސިލަރ، އިބްރާހިމް ޝިނާޒް

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:02 ވޯޓް  

ނުފެންނަކަމަށް: 02 ވޯޓް.

ފެންނަކަމަށް: 06  ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/126

ތާރީޚް: 22 އޮކްޓޯބަރ 2025