އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޓޫރިޒަމް ކޮމިޓީގެ ރަސްމީ 55 ވަނަ ބައްދަލުވުމުގެ ނިންމުންތަކާ ގުޅޭ (129-02)

29 އޮކްޓޯބަރ 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/129-02

ބޭއްވުނު ތާރީޚް: 29 އޮކްޓޯބަރ 2025

ޖަލްސާ:2025 ވަނަ އަހަރުގެ 39 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 209 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ޓޫރިޒަމް ކޮމިޓީގެ ރަސްމީ 55 ވަނަ ބައްދަލުވުމުން ނިންމަވާފައިވާ، މައްސަލަ ކުރިއަށް ގެންދިއުމާމެދު ކައުންސިލުންގޮތެއް ނިންމުމަށް

  މައްސަލަ ހުށަހެޅި ފަރާތް:  ޓޫރިޒަމް ކޮމިޓީ

ނިންމުން

    މައްސަލަ ނިމުނުގޮތް:

  " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " ޓޫރިޒަމް ކޮމިޓީގެ ރަސްމީ 55 ވަނަ ބައްދަލުވުމުން ނިންމަވާފައިވާ، މައްސަލަތައް، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނާދިރު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، މުޙައްމަދު ފައިސަލް

 

 

ޓޫރިޒަމް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ

މީދޫ ޓޫރިޒަމް ޒޯންއިން ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށް، ސަދަން ސީ ވޯލްޑް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ 5000 އަކަފޫޓުގެ C2 ޕްލޮޓްއާއި ގުޅިގެން ތިރީގައި ބަޔާން ކުރެވިފައިވާ 02 މައްސަލައާއި ގުޅިގެން ޓޫރިޒަމް ކޮމެޓީއިން ނިންމަވާފާއިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

  • C2 ޕްލޮޓްގައި 15 ކޮޓަރީގެ ބަދަލުގައި 10 ކޮޓަރި އިމާރާތް ކޮށްދިނުމުގެ ހުއްދައަށް އެދި ހުށައަޅާފައިވާ މައްސަލަ.
  • C2 ޕްލޮޓްގެ ކުރިމަތީގައިވާ ބިން، ރެސްޓޯރަންޓް ހަޓްގެ ގޮތުގައި ތަރައްޤީ ކުރުމުގެ ހުއްދައަށް ހުށައަޅާފައިވާ މައްސަލަ.

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:01 ވޯޓް  

ނުފެންނަކަމަށް: 02 ވޯޓް.

ފެންނަކަމަށް:08  ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް

 




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/129-02

ތާރީޚް: 29 އޮކްޓޯބަރ 2025