އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ރައްޔިތުންގެ އައިޑީ ކާޑް ގައި 'އައްޑޫސިޓީ' ޖެހުމަށް އަދި ކޯޓު ތަކުގެ ނަން ބަދަލުކުރުމަށް އެދި

13 ނޮވެމްބަރ 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/137

ބޭއްވުނު ތާރީޚް:  13   ނޮވެމްބަރ 2025

ޖަލްސާ:2025  ވަނަ އަހަރުގެ 41 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 211 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ރައްޔިތުންގެ އައިޑީ ކާޑް ގައި 'އައްޑޫސިޓީ' ޖެހުމަށް އަދި ކޯޓު ތަކުގެ ނަން ބަދަލުކުރުމަށް އެދި.

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، އިބްރާހިމް ޝިނާޒު

ނިންމުން

މައްސަލަ ނިމުނުގޮތް:

  " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " އައްޑޫސިޓީ ރައްޔިތުންގެ އައިޑީ ކާޑް ގައި 'އައްޑޫސިޓީ' ޖެހުމަށާއި ކޯޓު ތަކުގެ ނަން ބަދަލުކުރުމުގެ މައްސަލައަށް ހައްލެ ހޯދުމަށް އައްޑޫސިޓީގެ ރައްޔިތުން ސާފުކޮށް އެނގޭނެހެން އައްޑޫ ސިޓީގެ ރައްޔިތުންގެ އައިޑީ ކާޑުގައި އައްޑޫސިޓީ ޖެހުމަށް ފުރުސަތު ދިނުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން އަށާއި ލޯކަލް  ގަވަރންމެންޓް އޮތޯރިޓީއަށް ހުށަހަޅަން ކައުންސިލްއިން ފާސްކޮށް މިކަން ކުރިއަށް ގެންދިއުމަށް ފެންނަކަމަށާއި ކޯޓުތަކުގެ ނަން އައްޑޫސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓު، އައްޑޫސިޓީ މަރަދޫ މެޖިސްޓްރޭޓް ކޯޓު، އައްޑޫސިޓީ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓު، އަދި އައްޑޫސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަން ބަދަލުކުރުމަށް ޖުޑީޝިއަލް ސާރވިސް އަށް ހުށަހަޅަން ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، ހުސެއިން ޒަރީރު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހިމް ޝިނާޒު

 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 07 ވޯޓް

ވޯޓުގައި ބައިވެރިވި: 07 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/137

ތާރީޚް: 13 ނޮވެމްބަރ 2025