އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސްކޭޓް ކޭމްޕުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން އެންޑުއަރެންސް ވޯލްޑް ފެޑެރޭޝަންގައި ބައިވެރިވެފައިވާ 11 ދަރިވަރުން ޓްރެއިންނިންގއަށް ފޮނުވުމާ ގުޅޭ

19 ނޮވެމްބަރ 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/141

ބޭއްވުނު ތާރީޚް: 19 ނޮވެމްބަރ 2025

ޖަލްސާ:2025  ވަނަ އަހަރުގެ 42 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 212 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީ ކައުންސިލް އާއި ފަސްޓް ބްލޭޑާރސް އިން އިންތިޒާމްކޮށްގެން ބޭއްވުނު ސްކޭޓް ކޭމްޕުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން އެންޑުއަރެންސް ވޯލްޑް ފެޑެރޭޝަންގައި ބައިވެރި ވެފައިވާ 11 ދަރިވަރުން ޓްރެއިންނިންގ އަށް ފޮނުވުމާމެދު ކައުންސިލް އިން ގޮތެއް ނިންމުމަށް އެދި

  މައްސަލަ ހުށަހެޅި ފަރާތް:  ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސް ކޮމިޓީ

ނިންމުން

    މައްސަލަ ނިމުނުގޮތް:

  " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯރޓްސް ކޮމިޓީ އިން މަޝްވަރާކުރެވުނު ގޮތަށް އެންޑުއަރެންސް ވޯލްޑް ފެޑެރޭޝަންގައި ބައިވެރިވެފައިވާ އައްޑޫސިޓީގެ 11 ދަރިވަރުން ޓްރެއިންނިންގ އަށް ފޮނުވުމަށް ޓިކެޓް އެލެވެންސްގެ ގޮތުގައި ކޮންމެ ދަރިވަރަކަށް -/4000 (ހަތަރު ހާސް) ރުފިޔާ ދިނުމަށް ކައުންސިލުން ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހިމް ޝިނާޒް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަހުމަދު ނާދިރު

 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް:11  ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/141

ތާރީޚް: 19 ނޮވެމްބަރ 2025