އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ މަރަދޫ "ބޮނޑޮގޭ" އިމާރާތުގައި އާރޓް ގެލެރީއެއް ހުޅުވުމަށް ކައުންސިލުން ތައްޔާރުވަމުން ދާތީވެ މި ތަނަށް ނަން ދިނުމާ ގުޅޭ

19 ނޮވެމްބަރ 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/142

ބޭއްވުނު ތާރީޚް: 19 ނޮވެމްބަރ 2025

ޖަލްސާ:2025  ވަނަ އަހަރުގެ 42 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 212 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީ މަރަދޫ "ބޮނޑޮގޭ" އިމާރާތުގައި އާރޓް ގެލެރީއެއް ހުޅުވުމަށް ކައުންސިލުން ތައްޔާރުވަމުން ދާތީވެ މި ތަނަށް ނަން ދިނުމާއިމެދު ކައުންސިލުންގޮތެއް ނިންމުމަށް. 

  މައްސަލަ ހުށަހެޅި ފަރާތް: ސްޓްރެޓެޖިކް ޕްލޭނިންގ، ޓޫރިޒަމް އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް ޔުނިޓް

ނިންމުން

    މައްސަލަ ނިމުނުގޮތް:

 "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " އައްޑޫ ސިޓީ ކައުންސިލުން މަރަދޫގައި ގާއިމްކުރުމަށް ނިންމަވާފައިވާ 'ބޮނޑޮގޭ' އިމާރާތުގައި ހުންނަ އާޓް ގެލެރީއަށް ނަން ހުށަހެޅުމަށް ޢާންމުކޮށް ހުޅުވާލައި ކުރެވުނު އިޢުލާނާ ގުޅިގެން ލިބިފައިވާ ހުށަހެޅުންތަކަށް ރިޢާޔަތްކުރުމަށްފަހު، މި ތަނަށް ތިރީގައިމިވާ ނަން ފާސްކުރަމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހަޅާފައިވާ ނަން:

ތާނައިން: ބޮނޑޮގޭ އާޓް ގެލެރީ

އިނގިރޭސި: Bon’dogey Art Gallery

ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަހުމަދު ނާދިރު

 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 11 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/142

ތާރީޚް: 19 ނޮވެމްބަރ 2025