އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޓޫރިޒަމް ކޮމިޓީގެ ރަސްމީ 56 ވަނަ ބައްދަލުވުމުގެ ނިންމުންތަކާ ގުޅޭ (149-01)

26 ނޮވެމްބަރ 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/149-01

ބޭއްވުނު ތާރީޚް: 26 ނޮވެމްބަރ 2025

ޖަލްސާ: 2025 ވަނަ އަހަރުގެ 43 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 213 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ: ޓޫރިޒަމް ކޮމިޓީގެ ރަސްމީ 56 ވަނަ ބައްދަލުވުމުން ނިންމަވާފައިވާ، މައްސަލަތަށް ކުރިއަށް ގެންދިއުމާމެދު ކައުންސިލުންގޮތެއް ނިންމުމަށް

  މައްސަލަ ހުށަހެޅި ފަރާތް:  ޓޫރިޒަމް ކޮމިޓީ

ނިންމުން

    މައްސަލަ ނިމުނުގޮތް:

  " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު "  ޓޫރިޒަމް ކޮމިޓީގެ ރަސްމީ 56 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ މައްސަލަތައް، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހިމް ޝިނާޒް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، މުހައްމަދު ފައިސަލް

 

 

ޓޫރިޒަމް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ

ފޭދޫ ޓޫރިޒަމް ޒޯންއިން ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށް، ސިޓީ އޮޓޯ ސަރވިސަސް ޕްރައިވެޓް ލިމިޓެޑްއަށް ދޫކޮށްފައިވާ 5000 އަކަފޫޓުގެ C1 ޕްލޮޓްގައި ސްވިމިންގް ޕޫލްއެއް އެޅުމަށް، ޕްލޮޓްގެ ކުރިމަތިން، ދިގުމިނުގައި ޑެކް ހިމަނައިގެން 100 ފޫޓު، ފުޅާމިނުގައި ޑެކް ހިމަނައިގެން 50 ފޫޓު ހިމެނޭގޮތަށް ބިން އިތުރުކޮށްދިނުމަށް އެދިފައި ވުމާއި ގުޅިގެން ޓޫރިޒަމް ކޮމިޓީއިން ނިންމަވާފާއިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް:11 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/149-01

ތާރީޚް: 26 ނޮވެމްބަރ 2025