ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(4)/2025/149-03 |
|
|
ބޭއްވުނު ތާރީޚް: 26 ނޮވެމްބަރ 2025 |
ޖަލްސާ: 2025 ވަނަ އަހަރުގެ 43 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 213 ވަނަ ޖަލްސާ) |
|
މައްސަލަ |
||
|
ހުށަހެޅުނު މައްސަލަ: ޓޫރިޒަމް ކޮމިޓީގެ ރަސްމީ 56 ވަނަ ބައްދަލުވުމުން ނިންމަވާފައިވާ، މައްސަލަތަށް ކުރިއަށް ގެންދިއުމާމެދު ކައުންސިލުންގޮތެއް ނިންމުމަށް |
||
|
މައްސަލަ ހުށަހެޅި ފަރާތް: ޓޫރިޒަމް ކޮމިޓީ |
||
|
ނިންމުން |
||
|
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ޓޫރިޒަމް ކޮމިޓީގެ ރަސްމީ 56 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ މައްސަލަތައް، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ޓޫރިޒަމް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ ފޭދޫ ޓޫރިޒަމް ޒޯންގައި އަގުބޮޑު މުދަލާއި މެޝިނަރީ ގެނެވި، އިމާރާތްތަކުގެ މަސައްކަތް ނިމެމުން އަންނާތީ، ފިނިޝިންގްއަށް ބޭނުންވާ ތަކެތީގެ ނިސްބަތް އިތުރުވާނެކަމާއި، މިކަމަށްޓަކައި، ޒޯންގެ އިންފާރު މިހާރުން މިހާރަށް ރޭވުން މުހިންމުކަމަށް ޕްރިމިއަރ ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑްއިން 19 ނޮވެމްބަރ 2025 ދުވަހުގެ ސިޓީއިން ކައުންސިލަށް ހުށަހަޅާފައިވުމާއި ގުޅިގެން ކައުންސިލުން މެޓީރިއަލް ފޯރުކޮށްދިނުމުން، ޑިވެލޮޕަރުން މަސައްކަތް ކުރާގޮތަށް ހަމަޖެހިފައިވާއިރު، މިކަމުގައި ކައުންސިލުގެ އެހީތެރިކަން ހޯދުމަށް އެދިފައިވާތީ، ޓޫރިޒަމް ކޮމިޓީއިން ނިންމަވާފާއިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||
|
ވޯޓް ދެއްވި ގޮތް |
|
ބައިވެރިވެވަޑައިނުގަންނަވާ: 00 ވޯޓް |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް:11 ވޯޓް |
ވޯޓުގައި ބައިވެރިވި: 11 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

