އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫފޭދޫ ބަނދަރުގެ އިރު އުތުރު ފަރާތުގައިވާ ފަރުގެ ސަރަޙައްދު، ހިމާޔަތް ކުރެވިފައިވާ ސަރަޙައްދެއް ގޮތުގައި ކަނޑައެޅުމާއި ގުޅޭ

17 ޑިސެމްބަރ 2025     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B(4)/2025/161

ބޭއްވުނު ތާރީޚް: 17 ޑިސެމްބަރ 2025

ޖަލްސާ: 2025 ވަނަ އަހަރުގެ 46 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 216 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ: މަރަދޫފޭދޫ ބަނދަރުގެ އިރު އުތުރު ފަރާތުގައިވާ ފަރުގެ ސަރަޙައްދު، (އެޓޭޗްކުރެވިފައިވާ ޗާޓުގައިވާ ގޮތަށް) ހިމާޔަތް ކުރެވިފައިވާ ސަރަޙައްދެއް ގޮތުގައި ކަނޑައެޅުމަށް އެދި.

  މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، ޚާލިދާ މުޙައްމަދު

ނިންމުން

    މައްސަލަ ނިމުނުގޮތް:

  " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ޗާޓުގައި ރީދޫ ކުލައިގެ ބައުންޑަރީ އިން ފާހަގަކުރެވިފައިވާ ސަރަޙައްދަކީ ފަތުރުވެރިކަމުގެ ބޭނުމަށް ބޭނުންކުރެވޭ ސަރަޙައްދެއް ގޮތުގައި ކަނޑައެޅުމަށާއި މިސަރަޙައްދު ފަތުރުވެރިކަމަށް ބޭނުންކުރުމަށް އުޞޫލު ކަނޑައަޅައި މިސަރަޙައްދަކީ މަސްބޭނުން މަނާ ސަރަޙައްދެގޮތުގައި ކަނޑައެޅުމަށާއި  ޤަވައިދާއި ޚިލާފަށް މި ސަރަޚައްދު ބޭނުންކުރާ ފަރާތްތައް ވަގުތުން ވަގުތަށް ހުއްޓުވައި، ލަސްނުކޮށް ތަންފީޒު ކުރެވޭނެފަދަ ފިޔަވަޅުތައް/އަދަބުތައް ގާއިމުވެ އުސޫލުގައި ބަޔާންވެފައިވުމާއި އެކު މިސަރަޙައްދު 24 ގަޑިއިރު ސެކިއުރިޓީ ބެލެހެއްޓޭނެ އިންތިޒާމް ހަމަ ޖެއްސުމަށް ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ، އަޙުމަދު ނާދިރު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ހުސެއިން ޒަރީރު

 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/161

ތާރީޚް: 17 ޑިސެމްބަރ 2025