އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މިއިދާރާގައި ބޭނުންކުރާ ދެވެހިކަލް 1518 ވޭން އަދި 1604 ކާރު ނީލަން ކިއުމާއިގުޅޭ

24 ޑިސެމްބަރ 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/165

ބޭއްވުނު ތާރީޚް: 24 ޑިސެންބަރު 2025

ޖަލްސާ: 2025 ވަނަ އަހަރުގެ 47 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 217 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ: މިއިދާރާގައި ބޭނުންކުރާ ދެވެހިކަލް 1518 ވޭން އަދި 1604 ކާރު ނީލަން ކިއުމާއިގުޅޭ.

  މައްސަލަ ހުށަހެޅި ފަރާތް:  ޖެނެރަލް އެޑްމިނިސްޓްރޭޝަން ޔުނިޓް

ނިންމުން

    މައްސަލަ ނިމުނުގޮތް:

  " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " 1604 ނަންބަރ ކާރު، އަދި 1518 ނަންބަރ ވޭން ސިޓީލާ ނީލަމުގައި ވިއްކާލުމަށް ނަންބަރ: (IUL)426-CA/426/2025/618 (ހަތަރުވަނަ) އިޢުލާން ކުރުމުން ނީލަމުގައި ބައިވެރިވުމުގެ ޝައުޤުވެރިކަން އެއްވެސް ފަރާތަކުން ފާޅުކޮށްފައި ނުވާތީ، 1518 ނަންބަރ: ވޭން ނީލަން ފަށާއަގު 30،000.00 ރުފިޔާ، 1604 ނަންބަރ ކާރު ނީލަން ފަށާ އަގު 15،000.00ރުފިޔާ، އަދި ނީލަމަށް އެންމެ މަދުވެގެން އިތުރުކުރެވޭނެ އަގު  1500.00 ރުފިޔާއަށް ބަދަލުކޮށް އަލުން އިޢުލާން ކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، ހުސެއިން ޒަރީރު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޚާލިދާ މުޙައްމަދު

 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/ 165

ތާރީޚް: 24 ޑިސެމްބަރ 2025