ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(4)/2026/01 |
|
|
ބޭއްވުނު ތާރީޚް: 07 ޖަނަވަރީ 2026 |
ޖަލްސާ: 2026 ވަނަ އަހަރުގެ 01 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 219 ވަނަ ޖަލްސާ) |
|
މައްސަލަ |
||
|
ހުށަހެޅުނު މައްސަލަ: މަރަދޫފޭދޫ ކޮމިއުނިޓީ ސެންޓަރަށް ބިން އިތުރުކުރުމަށް ބޭނުންވާތީ އެތަނާއި އިންވެގެން އޮތް "ފުންވިލު" ގޯތި އެހެން ގޯއްޗަކާއި ބަދަލުކޮށް ބިން ކޮމިއުނިޓީ ސެންޓަރަށް އިތުރު ކުރުމަށް އެދި |
||
|
މައްސަލަ ހުށަހެޅި ފަރާތް: މަރަދޫފޭދޫ އަވަށު އޮފީސް |
||
|
ނިންމުން |
||
|
މައްސަލަ ނިމުނުގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " މަރަދޫފޭދޫ "ފުންވިލު" ގޯތީގެ ފަރާތުން ތަމްސީލުކުރާނެ ފަރާތެއް ހިމަނައިގެން ކައުންސިލުން އިވަލުއޭޝަން ކޮމިޓީއެއް އެކުލަވާލުމަށާއި ގޯތީގައިވާ މަސައްކަތްތައް އަގުކޮށް އަދުލުވެރި ބަދަލުދިނުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
|
||
|
ވޯޓް ދެއްވި ގޮތް |
|
ބައިވެރިވެވަޑައިނުގަންނަވާ: 01 ވޯޓް |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 06 ވޯޓް |
ވޯޓުގައި ބައިވެރިވި: 07 ވޯޓް |

