އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްގެ ބޭނުންތަކަށް ގަނެފައިވާ 2000 ޕްލާސްޓިކު ގޮނޑި ކުއްޔަށް ދޫކުރުމަށް ކުލި ކަނޑައަޅައި، ކައުންސިލުން ފާސްކޮށްދެއްވުން އެދި

4 ފެބުރުއަރީ 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2026/14

ބޭއްވުނު ތާރީޚް: 04 ފެބްރުއަރީ 2026

ޖަލްސާ: 2026 ވަނަ އަހަރުގެ 04 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 222 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކައުންސިލްގެ ބޭނުންތަކަށް ގަނެފައިވާ 2000 ޕްލާސްޓިކު ގޮނޑި ކުއްޔަށް ދޫކުރުމަށް ކުލި ކަނޑައަޅައި، ކައުންސިލުން ފާސްކޮށްދެއްވުން އެދި.

  މައްސަލަ ހުށަހެޅި ފަރާތް:  ޖެނެރަލް އެޑްމިނިސްޓްރޭޝަން ޔުނިޓް

ނިންމުން

    މައްސަލަ ނިމުނުގޮތް:

  "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު "ސަރުކާރުގެ މުއައްސަސާތަކުގެ ބޭނުމަށާއި އަދި އިޖުތިމާޢީ ބޭނުންތަކަށް ހިލޭ ގޮނޑި ދޫކުރާ ގޮތަށް އަދި ސިޔާސީ ބޭނުންތަކަށާއި، ވިޔަފާރި ބޭނުންތަކަށް ދުވަހު ކުއްޔަށް ގޮނޑިއެއް 3.60/- ރުފިޔާގެ ރޭޓުން ދޫކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، އަހުމަދު ނާދިރު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހިމް ޝިނާޒް

 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 04 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2026/14

ތާރީޚް: 4 ފެބުރުއަރީ 2026