އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫފޭދޫ ބަނދަރުގެ އިރު ދެކުނު ފަރާތުގައި ހުންނަ ސޯލާރ ގްރިޑް ސައިޓްގައި 4 ކިއޮސްކް ހެދުމުގެ މަސައްކަތަށް ބޭނުންވާ ބަޖެޓް ހަމަޖެއްސުމާ ގުޅޭ

4 ފެބުރުއަރީ 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2026/15

ބޭއްވުނު ތާރީޚް: 04 ފެބްރުއަރީ 2026

ޖަލްސާ: 2026 ވަނަ އަހަރުގެ 04 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 222 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ، މަރަދޫފޭދޫ ބަނދަރުގެ އިރު ދެކުނު ފަރާތުގައި ހުންނަ ސޯލާރ ގްރިޑް ސައިޓްގައި 4 ކިއޮސްކް ހެދުމުގެ މަސައްކަތަށް ބޭނުންވާ ބަޖެޓް ހަމަޖެއްސުމާއި މެދު ކައުންސިލް އިން ގޮތެއް ނިންމަވައިދެއްވުން އެދި

  މައްސަލަ ހުށަހެޅި ފަރާތް: ޕްރޮޖެކްޓްސް ޑިވެލޮޕްމެންޓް ޔުނިޓް

ނިންމުން

    މައްސަލަ ނިމުނުގޮތް:

  "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު  އައްޑޫސިޓީ، މަރަދޫފޭދޫ ބަނދަރުގެ އިރު ދެކުނު ފަރާތުގައި ހުންނަ ސޯލާރ ގްރިޑް ސައިޓްގައި 4 ކިއޮސްކް ހެދުމުގެ މަސައްކަތަށް ބޭނުންވާ 590،147.9 (ފަސް ލައްކަ ނުވަދިހަ ހާސް އެއްސަތޭކަ ސާޅީސް ހަތް ރުފިޔާ ނުވަ ލާރި) ކައުންސިލްގެ އާމްދަނީ ބަޖެޓް އިން ހަރަދު ކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، އަހުމަދު ނާދިރު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޚާލިދާ މުޙައްމަދު

 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00 ވޯޓް  

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2026/15

ތާރީޚް: 4 ފެބުރުއަރީ 2026