އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މީދޫގައި ސަރުކާރުން އިމާރާތްކުރައްވަމުން ގެންދަވާ 700 މީހުންގެ ޖާގައިގެ މިސްކިތުގެ ނަން ފާސްކުރުން

11 ފެބުރުއަރީ 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2026/19

ބޭއްވުނު ތާރީޚް: 11 ފެބްރުއަރީ 2026

ޖަލްސާ: 2026 ވަނަ އަހަރުގެ 05 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 223 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

މީދޫގައި ސަރުކާރުން އިމާރާތްކުރައްވަމުން ގެންދަވާ 700 މީހުންގެ ޖާގައިގެ މިސްކިތުގެ ނަން ފާސްކުރުން

  މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، އާމިނަތު ސާލިހާ

ނިންމުން

    މައްސަލަ ނިމުނުގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު "މީދޫގައި ސަރުކާރުން އިމާރާތްކުރައްވަމުން ގެންދަވާ 700 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ނިމުމަކާ ހަމައަށް އައިސްފައިވާތީ، އެ މިސްކިތަށް މަސްޖިދުލް ޢައްލާމާ ޙާފިޘް އިބްރާހީމް ކިޔުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، އަހުމަދު ނާދިރު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އާމިނަތު ސާލިހާ

 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2026/19

ތާރީޚް: 11 ފެބުރުއަރީ 2026