ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(4)/2026/20-2 |
|
|
ބޭއްވުނު ތާރީޚް: 11 ފެބްރުއަރީ 2026 |
ޖަލްސާ: 2026 ވަނަ އަހަރުގެ 05 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 223 ވަނަ ޖަލްސާ) |
|
މައްސަލަ |
||
|
ހުށަހެޅުނު މައްސަލަ: ޓޫރިޒަމް ކޮމިޓީގެ 59 ވަނަ ބައްދަލުވުމުން ނިންމާފައިވާ، މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ކައުންސިލުން ގޮތެއް ނިންމުމަށް. |
||
|
މައްސަލަ ހުށަހެޅި ފަރާތް: ޓޫރިޒަމް ކޮމިޓީ |
||
|
ނިންމުން |
||
|
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ޓޫރިޒަމް ކޮމިޓީގެ 59 ވަނަ ބައްދަލުވުމުން ނިންމާފައިވާ މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ޓޫރިޒަމް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ ފޭދޫ ޓޫރިޒަމް ޒޯންގައި "ބިދޭސި ގެ" ތާރީޚާއި ސަގާފަތް ދައްކުވައިދޭ މަރުކަޒުގެ ގޮތުގައި ތަރައްގީކުރުމަށް ހެރިޓޭޖް އެސޯސިއޭޝަނަށް ދިނުމަށް ކައުންސިލުން މީގެ ކުރިން ނިންމަވާފައިވާ ބިން ފޭދޫ ޓޫރިޒަމް ޒޯންގެ SP4 އޮތް ތަނުން ޒޯންގެ D2,D3 ގެ އިރުން އޮތް ހުސްބިމަށް ބަދަލުކުރުމަށް ކޮމެޓީއިން ނިންމަވާފާއިވާ ނިންމުން ކޮމެޓީއިން ނިންމަވާފާއިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||
|
ވޯޓް ދެއްވި ގޮތް |
|
ބައިވެރިވެވަޑައިނުގަންނަވާ: 01 ވޯޓް |
ނުފެންނަކަމަށް: 01 ވޯޓް. |
ފެންނަކަމަށް:07 ވޯޓް |
ވޯޓުގައި ބައިވެރިވި: 09 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

