އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޓޫރިޒަމް ކޮމިޓީގެ ރަސްމީ 59 ވަނަ ބައްދަލުވުމުގެ ނިންމުންތަކާ ގުޅޭ (20-3)

11 ފެބުރުއަރީ 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2026/20-3

ބޭއްވުނު ތާރީޚް: 11 ފެބްރުއަރީ 2026

ޖަލްސާ: 2026 ވަނަ އަހަރުގެ 05 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 223 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ޓޫރިޒަމް ކޮމިޓީގެ 59 ވަނަ ބައްދަލުވުމުން ނިންމާފައިވާ، މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ކައުންސިލުން ގޮތެއް ނިންމުމަށް.

  މައްސަލަ ހުށަހެޅި ފަރާތް: ޓޫރިޒަމް ކޮމިޓީ

ނިންމުން

    މައްސަލަ ނިމުނުގޮތް:

  " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " ޓޫރިޒަމް ކޮމިޓީގެ 59 ވަނަ ބައްދަލުވުމުން ނިންމާފައިވާ މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، އަހުމަދު ނާދިރު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ،  އިބްރާހިމް ޝިނާޒް

 

ޓޫރިޒަމް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ

ސ.ފޭދޫ ޓޫރިޒަމް ޒޯން، 2026 ވަނަ އަހަރުގެ ކުރީކޮޅު ހުޅުވެންވާއިރަށް މި ޒޯންގައި ލޯންޑްރީއާއި ސަޕޯޓް ސަރވިސް ގެ ޚިދުމަތްނެތި ކުރިއަށް ނުގެންދެވޭނެތީ ސަޕޯޓް ސަރވިސް ގާއިމުކުރުމަށް އެކަށިގެންވާ ބިމެއް ހަމަޖައްސަވައި ދެއްވުމަށް އެދި ޕްރިމިއަރ ޕްރޮޕަޓީސް އިން ހުށަހަޅާފައިވާ މައްސަލައާއި މެދު ކޮމެޓީއިން ނިންމަވާފާއިވާ ނިންމުން ކޮމެޓީއިން ނިންމަވާފާއިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01 ވޯޓް  

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް:07 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2026/20-3

ތާރީޚް: 11 ފެބުރުއަރީ 2026