އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފޭދޫގައި އަލަށް އާބާދުކުރާ ސަރަހައްދުގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތަށް ގެންނަ މެޓީރިއަލް ބެހެއްޓުމަށް ވަގުތީ ސައިޓް ހަމަޖެއްސުން

1 އެޕްރީލް 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2026/26

ބޭއްވުނު ތާރީޚް: 01 އެޕްރީލް 2026

ޖަލްސާ: 2026 ވަނަ އަހަރުގެ 08 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 226 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ފޭދޫގައި އަލަށް އާބާދުކުރާ ސަރަހައްދުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ގެންނަ މެޓީރިއަލް ބެހެއްޓުމަށް ވަގުތީ ސައިޓް ހަމަޖެއްސުން.

މައްސަލަ ހުށަހެޅި ފަރާތް:  ލޭންޑް އެންޑް ހައުސިންގ ޔުނިޓް

ނިންމުން

މައްސަލަ ނިމުނުގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު މަސައްކަތަށް ގެންނަ މެޓީރިއަލްސް ބެހެއްޓުމަށް ފޭދޫ އަވަށު އޮފީހުން ހުށަހަޅުއްވާފައިވާ ޗާޓުގައިވާ ސަރަޙައްދުން، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ވަގުތީ ބިމެއް ހަމަޖައްސައިދިނުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، މަރިޔަމް ސަޢީދާ

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ،  އަޙްމަދު ނާދިރު

 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2026/26

ތާރީޚް: 1 އެޕްރީލް 2026