އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ އަވަށު އޮފީހުގައި ބޭނުންކޮށްފައިވާ ބައެއް ތަކެތި ނީލަން ކިޔުމާ ގުޅޭ

10 ޖޫން 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/07

ބޭއްވުނު ތާރީޚް: 10 ޖޫން 2026

ޖަލްސާ: 2026 ވަނަ އަހަރުގެ 11 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 03 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

މަރަދޫ އަވަށުއޮފީހުގައި ބޭނުންކޮށްފައިވާ ބައެއްތަކެތި ނީލަންކިޔުމުގެ ހުއްދަ ހޯދުމާއި، ނީލަން ކިޔާތަކެތީގެ ފަށާއަގަށް މަދުވެގެން ފަހަރަކު އިތުރުކުރެވޭނެ އެންމެ ކުޑަ އަގު ކައުންސިލުން ފާސްކޮށްދެއްވުން އެދި   ދައުލަތުގެ މާލިއްޔަތު ޤަވައިދުގެ ދަށުން ، ދައުލަތުގެ މުދާ ނީލަންކިޔުމާއި ނައްތާލުން 12.30 (ހ) ގެ ދަށުން މަރަދޫ އޮފީހުގައި ބޭނުން ނުކުރާ މުދާތަށް ވީހާވެސް އަވަހަކަށް ނީލަން ކިޔުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ ދެއްވުމަށް އެދި.

މައްސަލަ ހުށަހެޅި ފަރާތް: މަރަދޫ އަވަށު އޮފީސް

 

ނިންމުން

މައްސަލަ ނިމުނުގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " ދައުލަތުގެ މުދާ ނީލަންކިޔުމާ ނައްތައިލުމުގެ އަމަލު ކުރާނެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ކުރަންޖެހޭ ކަންތައް ފުރިހަމަ ކުރުމަށްފަހު ނީލަންކިޔާތަކެތީގެ ފަށާ އަގަށް މަދުވެގެން ފަހަރަކު -/10 ރުފިޔާ އިތުރު  ކުރުމަށްފަހު ނީލަންކިޔުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން ހުށަހެޅުން ފާސްކުރެވުނެވެ.

            ތާއީދު ކުރެއްވި: ކައުންސިލަރ،މަރްޔަމް ސަޢީދާ

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޑރ.އާމިނަތު އަދާލާ ރަޝީދު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 10 ވޯޓް

ފެންނަކަމަށް: 10 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/07

ތާރީޚް: 10 ޖޫން 2026