ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(5)/2026/15-07 |
|
|
ބޭއްވުނު ތާރީޚް: 24 ޖޫން 2026 |
ޖަލްސާ: 2026 ވަނަ އަހަރުގެ 13 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 05 ވަނަ ޖަލްސާ) |
|
މައްސަލަ |
|
|
ހުށަހެޅުނު މައްސަލަ: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 01 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި |
|
|
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ |
|
|
ނިންމުން |
|
|
މައްސަލަ ނިމުނުގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު "ލޭންޑް އެންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 01 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
|
|
ތާއީދު ކުރެއްވި: ކައުންސިލަރ، އަޤީލް މުޙައްމަދު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، މަރިޔަމް ސަޢީދާ |
|
ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ ކައުންސިލުގެ ނަންބަރު: 426-B(5)/2026/06 ނިންމުމާއި ގުޅިގެން،ނަންބަރު: G-20/2025 އުޞޫލުގެ ދަށުން ކައުންސިލުގެ ހަތަރު ވަނަ ދައުރު ނިމުމަކަށް އަންނަ ދުވަހުން ފެށިގެން 3 މަސް ދުވަހަށް މުއްދަތު އިތުރުކޮށްދެވިފައިވާ ކުލީ ބިމުގެ އެއްބަސްވުންތަކުގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި، ޑީ.އެޗް ޕވޓ ލޓޑ އަށް ނަންބަރު: (AGR)426-EA/PRIV/2015/8 އެއްބަސްވުމުން ދޫކުރެވިފައިވާ ކުލީ ބިމުގެ މުއްދަތު މިފަރާތުން އެދިފައިވާ ގޮތަށް 10 އަހަރު ދުވަހަށް އިތުރުކޮށް، ކައުންސިލުން ފާސްކުރައްވާފައިވާ ކުލި ކަނޑައެޅުމާއި ކުލި މުރާޖަޢާކުރުމުގެ އުޞޫލާއި އެއްގޮތަށް ކުލި މުރާޖަޢާކޮށް އެއްބަސްވުން އެކުލަވާލުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
|
|
ވޯޓް ދެއްވި ގޮތް |
|
|
ވޯޓުގައި ބައިވެރިވި: 09 ވޯޓް |
ފެންނަކަމަށް: 08 ވޯޓް |
ނުފެންނަކަމަށް: 01 |
ބައިވެރިވެވަޑައިނުގަންނަވާ:00 |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

