އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިންވެސްޓަރ ކޮންފިޑެންސް އިތުރުކުރުމަށާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ލުއިދިނުމުގެ އުޞޫލު ފާސްކުރުމާ ގުޅޭ

1 ޖުލައި 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/20

ބޭއްވުނު ތާރީޚް: 01 ޖުލައި 2026

ޖަލްސާ: 2026 ވަނަ އަހަރުގެ 14 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 06 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓް ކުރާ ފަރާތްތަކަށް އިންވެސްޓަރ ކޮންފިޑެންސް އިތުރުކުރުމަށާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ލުއިތަކެއް ޤާއިމުކުރުމަށް ކަނޑައަޅާ އުޞޫލު ފާސްކުރުމަށް އެދި

މައްސަލަ ހުށަހެޅި ފަރާތް: ލީގަލް އެންޑް ގަވަރނަންސް ކޮމިޓީ

ނިންމުން

    މައްސަލަ ނިމުނުގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތްކުރުމަށްފަހު " ލީގަލް އެންޑް ގަވަރނަންސް ކޮމިޓީން ހުށަހަޅާފައިވާގޮތަށް، އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓް ކުރާ ފަރާތްތަކަށް އިންވެސްޓަރ ކޮންފިޑެންސް އިތުރުކުރުމަށާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ލުއިތަކެއް ޤާއިމުކުރުމަށް ކަނޑައަޅާ އުޞޫލު ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، އިސްމާޢިލް ސަޢީދު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޤީލް މުޙައްމަދު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 10 ވޯޓް

ފެންނަކަމަށް: 10 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00

 

 




ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/20

ތާރީޚް: 1 ޖުލައި 2026