ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(5)/2026/21-07 |
|
|
ބޭއްވުނު ތާރީޚް: 08 ޖުލައި 2026 |
ޖަލްސާ: 2026 ވަނަ އަހަރުގެ 15 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 07 ވަނަ ޖަލްސާ) |
|
މައްސަލަ |
|
|
ހުށަހެޅުނު މައްސަލަ: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 02 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި |
|
|
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ |
|
|
ނިންމުން |
|
|
މައްސަލަ ނިމުނުގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު "ލޭންޑް އެންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 02 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާ ދީފައިވާ މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
|
|
ތާއީދު ކުރެއްވި: ނުސްރަތު ރަޝީދު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޑރ. އާމިނަތު އަދާލާ ރަޝީދު |
|
ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ ތްރީ.އެސް ޕވޓ ލޓޑ އަށް ނަންބަރު: (AGR)426-AE/PRIV/2023/16 އެއްބަސްވުމުގެ ދަށުން ދޫކުރެވިފައިވާ ކުލީ ބިމަށް ދައްކަން ޖެހިފައިވާ ކުލި އިންސްޓޯލްމެންޓް ގެ ހަމައިން ދެއްކޭނެ ގޮތް ހަމަޖައްސައިދިނުމަށާއި ޖޫރިމަނާ މަޢާފުކޮށްދިނުމަށް އެ ކުންފުނި އިން އެދިފައިވާ މައްސަލަ އާއި ގުޅިގެން، ކުލީ ބިންތަކާއި ގުޅޭ މުޢާމަލާތްތަކުގައި ލުއި ދިނުމުގެ އުޞޫލުގެ 3 ވަނަ މާއްދާގެ (ބ) ގެ ދަށުން، މިފަރާތުން ދައްކަންޖެހޭ ކުލި 465،569.12ރ (ހަތަރު ލައްކަ ފަސްދޮޅސް ފަސްހާސް ފަސްސަތޭކަ ފަސްދޮޅަސް ނުވަ ރުފިޔާ ބާރަ ލާރި) 5 މަހަށް ބަހައިގެން ދެއްކުމުގެ ފުރުޞަތު ދިނުމަށާއި، މިއާއި އެއްގޮތަށް ކުލި ދެއްކުމަށް އެފަރާތުން އެއްބަސްވާނަމަ ޖޫރިމަނާ މަޢާފުކޮށްދިނުމަށް ފެންނަކަމަށާއި، އެފަރާތުން އެއްބަސްވާ ތާވަލާއި އެއްގޮތަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ ބަރާބަރަށް ނުދައްކާ ޙާލަތުގައި، މަޢާފުކޮށްދިނުމަށް ނިންމާފައިވާ ޖޫރިމަނާގެ ޢަދަދު އެފަރާތުން ދައްކަންޖެހޭ ފައިސާގެ ތެރޭގައި އަލުން ހިމެނިގެންދާނެކަމަށް ލިޔުމުން އެފަރާތަށް އެންގުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
|
|
ވޯޓް ދެއްވި ގޮތް |
|
|
ވޯޓުގައި ބައިވެރިވި: 08 ވޯޓް |
ފެންނަކަމަށް: 08 ވޯޓް |
ނުފެންނަކަމަށް: 00 |
ބައިވެރިވެވަޑައިނުގަންނަވާ:00 |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

