އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 02 ވަނަ ބައްދަލުވުމުގެ ނިންމަވާފައިވާ ލަފާ ދީފައިވާ މައްސަލަތަކާ ގުޅޭ (21-09)

8 ޖުލައި 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/21-09

ބޭއްވުނު ތާރީޚް: 08 ޖުލައި 2026

ޖަލްސާ: 2026 ވަނަ އަހަރުގެ 15 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 07 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 02 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

    މައްސަލަ ނިމުނުގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު "ލޭންޑް އެންޑް  އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 02 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާ ދީފައިވާ މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ނުސްރަތު ރަޝީދު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޑރ. އާމިނަތު އަދާލާ ރަޝީދު

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ

ސ.ހިތަދޫ، ޖަނބުރޯލުމާގެ އަޙްމަދު ޙަސަންދީދީ އަށް ނަންބަރު: (AGR)426-AB/INDIV/2022/57 އެއްބަސްވުމުގެ ދަށުން ދޫކުރެވިފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެފަރާތުން އެދިފައިވާތީ،  ހުށަހެޅިފައިވާ ޙާލަތު ރިޕޯޓަށް ރިޢާޔަށްކޮށް، މިއީ މިހާރުވެސް ޚިދުމަތް ދެމުންދާ ތަނަކަށް ވެފައި މި ބިމަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާ ފައިސާއެއް ނެތުމުގެ ސަބަބުން، މިފަރާތުން އެދިފައިވާ ގޮތަށް 20 އަހަރު ދުވަހަށް އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، ކުލީ ބިންތަކުގެ ކުލި ކަނޑައެޅުމާއި ކުލި މުރާޖަޢާކުރުމުގެ އުޞޫލާއި އެއްގޮތަށް ކުލި މުރާޖަޢާކުރުމަށްފަހު އައު އެއްބަސްވުން އެކުލަވާލުމަށް ފެންނަކަމަށާއި، އައު އެއްބަސްވުމުގައި ސޮއިކުރުމަށް ކަނޑައެޅޭ ތާރީޚާއި ހަމައަށް ދައްކަންޖެހޭ ކުލި ދައްކައި، ޚަލާސްކޮށްފައިވާކަން ޔަޤީންކުރުމަށްފަހު އެއްބަސްވުމުގައި ސޮއިކުރުވުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 08 ވޯޓް

ފެންނަކަމަށް: 08 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/21-09

ތާރީޚް: 8 ޖުލައި 2026