އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 5 ވަނަ ދައުރުގެ ރިވައިޒް ބަޖެޓް ފާސް ކުރުމަށް އެދި

30 ޖުލައި 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/35

ޖަލްސާ: 2026 ވަނަ އަހަރުގެ 18 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 10 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 30 ޖުލައި 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 5 ވަނަ ދައުރުގެ ރިވައިޒް ބަޖެޓް ފާސް ކުރުމަށް އެދި

 

މައްސަލަ ހުށަހެޅި ފަރާތް: އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 5 ވަނަ ދައުރުގެ، 2026 ވަނަ އަހަރުގެ ފަހު ކުއަރޓަރގައި ކޮމިޓީގެ އެކްޝަން ޕްލޭންގައި ހިމެނިފައިވާ އެކްޓިވިޓީސްތަކަށް ކަނޑައެޅިފައިވާ ބަޖެޓް ފާސް ކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

 

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ހުސެއިން ޒަރީރު

ތާއީދު ކުރެއްވި: ކައުންސިލަރ، ނުސްރަތު ރަޝީދު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 09 ވޯޓް

ފެންނަކަމަށް: 09 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/35

ތާރީޚް: 30 ޖުލައި 2026