އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޔޫތު ސްޕޯރޓްސް ކަލްޗަރ އެންޑް ރެކްރިއޭޝަން ކޮމިޓީގެ ރަސްމީ 02 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި

30 ޖުލައި 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/36

ޖަލްސާ: 2026 ވަނަ އަހަރުގެ 18 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 10 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 30 ޖުލައި 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

ޔޫތު ސްޕޯރޓްސް ކަލްޗަރ އެންޑް ރެކްރިއޭޝަން ކޮމިޓީގެ ރަސްމީ 02 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް: ޔޫތު ސްޕޯރޓްސް ކަލްޗަރ އެންޑް ރެކްރިއޭޝަން ކޮމިޓީ

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " މާލީއްޔަތު ޤަވާއިދާއި އެއްގޮތަށް ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތްތައް ފުރިހަމަކުރުމަށްފަހު، ޔޫތު، ސްޕޯރޓްސް، ކަލްޗަރ އެންޑް ރެކްރިއޭޝަން ކޮމިޓީގެ ރަސްމީ 02 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތައް، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ހުސެއިން ޒަރީރު

ތާއީދު ކުރެއްވި: ކައުންސިލަރ، ޑރ. އާމިނަތު އަދާލާ ރަޝީދު

ޔޫތު ސްޕޯރޓްސް ކަލްޗަރ އެންޑް ރެކްރިއޭޝަން ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ

64 ވަނަ ޤައުމީ ޓޭބަލް ޓެނިސް ޓޯނަމެންޓް އާއި ގުޅިގެން ހިތަދޫ ކޮމިއުނިޓީ ސެންޓަރުން އެދިފައިވާ ކަންތައްތަކުގެ ތެރެއިން  އައްޑޫ ސިޓީ އިން މާލެއަށް ދަތުރުކުރާ ޓީމްއާއި ޓީމްގެ ކޯޗާއި ކުޅުންތެރިންގެ ދެކޮޅު ޓިކެޓާއި، ކޯޗާއި ޓީމްގެ ކުޅުންތެރިންގެ ޖާޒީގެ ހަރަދުތައް ކައުންސިލުން ހަމަޖައްސަވާ ދެއްވުމަށް ފެންނަކަމަށާއި، ޔޫތު ސެންޓަރުގެ ބަޖެޓް ކޯޑަކުން ޚަރަދުތައް ހަމަޖެއްސުމަށާއި، މުބާރާތުގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ކުޅުންތެރިންގެ ބެލެނިވެރިން ޓިކެޓް މިވަގުތު އަމިއްލައަށް ނެގުމަށްފަހު މި އިދާރާއަށް ހުށަހެޅުމުން ޓިކެޓަށްވާ ފައިސާ ރީއެމްބާސް ކުރުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 09 ވޯޓް

ފެންނަކަމަށް: 09 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/36

ތާރީޚް: 30 ޖުލައި 2026