ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(5)/2026/37-02 |
|||
|
ޖަލްސާ: 2026 ވަނަ އަހަރުގެ 18 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 10 ވަނަ ޖަލްސާ) |
ބޭއްވުނު ތާރީޚް: 30 ޖުލައި 2026 |
||
|
މައްސަލަ |
|||
|
ހުށަހެޅުނު މައްސަލަ: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 04 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި. |
|||
|
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ |
|||
|
ނިންމުން |
|||
|
މައްސަލަ ނިމުނު ގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 04 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތައް، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
|||
|
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޑރ. އާމިނަތު އަދާލާ ރަޝީދު |
ތާއީދު ކުރެއްވި: ކައުންސިލަރ، އަޤީލް މުހައްމަދު |
||
|
ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ ސ.މަރަދޫ،ބަހާރުގެ މުޙައްމަދު ރިޔާޒް އަށް ނަންބަރު: (AGR)426-AB/INDIV/2022/21 އެއްބަސްވުމުން ދޫކުރެވިފައިވާ ކުލީ ބިމަށް ދައްކަންޖެހިފައިވާ ކުލި، އެއްފަހަރާ ނުވަތަ ކައުންސިލުގެ އުޞޫލުގައިވާ ގޮތުގެ މަތިން ލުއިތަކަކާއި އެކު ދެއްކޭނެ ގޮތެއް ހަމަޖައްސައިދިނުމަށާއި، ޖޫރިމަނާ މަޢާފު ކޮށްދިނުމަށް އެފަރާތުން އެދިފައިވާ މައްސަލަ އާއި ގުޅިގެން،"އައްޑޫ ސިޓީގެ ކުލީ ބިންތަކާއި ގުޅޭ މުޢާމަލާތްތަކުގައި ލުއިދިނުމުގެ އުޞޫލު" ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން މި ކުލީ ބިމަށް ދައްކަންޖެހޭ ކުލި 07 ދުވަހުގެ ތެރޭގައި އެއްފަހަރާ ދެއްކުމުން، ޖޫރިމަނާ މަޢާފުކޮށްދިނުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
|||
|
ވޯޓް ދެއްވި ގޮތް |
|||
|
ވޯޓުގައި ބައިވެރިވި: 09 ވޯޓް |
ފެންނަކަމަށް: 08 ވޯޓް |
ނުފެންނަކަމަށް: 00 ވޯޓް |
ބައިވެރިވެވަޑައިނުގަންނަވާ:01 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

