ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(5)/2026/37-03 |
|||
|
ޖަލްސާ: 2026 ވަނަ އަހަރުގެ 18 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 10 ވަނަ ޖަލްސާ) |
ބޭއްވުނު ތާރީޚް: 30 ޖުލައި 2026 |
||
|
މައްސަލަ |
|||
|
ހުށަހެޅުނު މައްސަލަ: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 04 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި. |
|||
|
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ |
|||
|
ނިންމުން |
|||
|
މައްސަލަ ނިމުނު ގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 04 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތައް، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
|||
|
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޑރ. އާމިނަތު އަދާލާ ރަޝީދު |
ތާއީދު ކުރެއްވި: ކައުންސިލަރ، އަޤީލް މުހައްމަދު |
||
|
ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ ސ.މަރަދޫ،ގަނދަކޯޅިގެ ޢަބްދުﷲ ފަހުމީ އަށް ނަންބަރު: (AGR)426-AE/INDIV/2023/36 އެއްބަސްވުމުން ދޫކުރެވިފައިވާ ކުލީ ބިމަށް ދައްކަންޖެހިފައިވާ ޖޫރިމަނާ މަޢާފުކޮށްދިނުމަށް އެފަރާތުން އެދިފައިވާ މައްސަލަ އާއި ގުޅިގެން، މި ކުލީ ބިމަށް ދައްކަންޖެހޭ ކުލި 07 ދުވަހުގެ ތެރޭގައި އެއްފަހަރާ ދެއްކުމުން، ޖޫރިމަނާ މަޢާފުކޮށްދިނުމަށް ފެންނަކަމަށާއި،މިކަން ހިމެނޭގޮތަށް އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ކަންކަން އެފަރާތަށް އެންގުމަށާއި، (10 ވަނަ މާއްދާގެ (ނ) ގައި ވާގޮތުގެ މަތިން މަޤުބޫލު ސަބަބެއް ނެތި މަސައްކަތް ނުކޮށް 06 މަސް ދުވަސް ވުމުން ބިން ވަކި ކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވާކަމަށް)، އަވަށުއޮފީހުގެ ޙާލަތު ރިޕޯޓުގައި ފާހަގަކުރެވިފައިވާ ފަދައިން މި ބިމުގެ ކުރިމަތީގައިވާ ޕޭވްމެންޓް ސަރަޙައްދު ސާފުކޮށް ބަލަހައްޓަމުން ނުދާނަމަ އަދި މިފަރާތުން އެއްބަސްވުމަށް އިޙުތިރާމް ނުކުރާނަމަ އިތުރު އެންގުމަކާއި ނުލާ މިފަރާތާއި ބިން ވަކިކުރެވޭނެ ކަމަށް ނޯޓިސް ދިނުމަށާއި މިއީ އެންމެ ފަހު ނޯޓިސް ކަމަށް އެފަރާތަށް އެންގުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
|||
|
ވޯޓް ދެއްވި ގޮތް |
|||
|
ވޯޓުގައި ބައިވެރިވި: 09 ވޯޓް |
ފެންނަކަމަށް: 08 ވޯޓް |
ނުފެންނަކަމަށް: 00 ވޯޓް |
ބައިވެރިވެވަޑައިނުގަންނަވާ:01 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

