ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(5)/2026/37-04 |
|||
|
ޖަލްސާ: 2026 ވަނަ އަހަރުގެ 18 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 10 ވަނަ ޖަލްސާ) |
ބޭއްވުނު ތާރީޚް: 30 ޖުލައި 2026 |
||
|
މައްސަލަ |
|||
|
ހުށަހެޅުނު މައްސަލަ: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 04 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި. |
|||
|
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ |
|||
|
ނިންމުން |
|||
|
މައްސަލަ ނިމުނު ގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 04 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތައް، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
|||
|
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޑރ. އާމިނަތު އަދާލާ ރަޝީދު |
ތާއީދު ކުރެއްވި: ކައުންސިލަރ، އަޤީލް މުހައްމަދު |
||
|
ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ ސިޓީ އޮޓޯ ސަރވިސް ޕވޓ ލޓޑ އަށް ނަންބަރު: (AGR)426-AE/PRIV/2026/12 އެއްބަސްވުމުން ދޫކުރެވިފައިވާ ކުލީ ބިމުގެ މުއްދަތު 20 އަހަރަށް އިތުރުކޮށްދިނުމަށް އެ ކުންފުނި އިން އެދިފައިވާ މައްސަލަ އާއި ގުޅިގެން، ސިޓީ އޮޓޯ ސަރވިސް ޕވޓ ލޓޑ އިން އެދިފައިވާ ގޮތަށް 20 އަހަރަށް މި ކުލީ ބިމުގެ މުއްދަތު އިތުރުކޮށް، "އައްޑޫ ސިޓީގެ ކުލީ ބިންތަކުގެ ކުލި ކަނޑައެޅުމާއި ކުލި މުރާޖަޢާކުރުމާއި ގުޅޭ އުޞޫލު" އާއި އެއްގޮތްވާ ގޮތުގެ މަތިން ކުލި ނަގާގޮތަށް އެއްބަސްވުން އައުކޮށްދިނުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
|||
|
ވޯޓް ދެއްވި ގޮތް |
|||
|
ވޯޓުގައި ބައިވެރިވި: 09 ވޯޓް |
ފެންނަކަމަށް: 08 ވޯޓް |
ނުފެންނަކަމަށް: 00 ވޯޓް |
ބައިވެރިވެވަޑައިނުގަންނަވާ:01 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

