އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 04 ވަނަ ބައްދަލުވުމުގެ ނިންމަވާފައިވާ/ލަފާ ދީފައިވާ މައްސަލަތަކާ ގުޅޭ (37-07)

30 ޖުލައި 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/37-07

ޖަލްސާ: 2026 ވަނަ އަހަރުގެ 18 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 10 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 30 ޖުލައި 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 04 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި.

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 04 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތައް، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޑރ. އާމިނަތު އަދާލާ ރަޝީދު

ތާއީދު ކުރެއްވި: ކައުންސިލަރ، އަޤީލް މުހައްމަދު

ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ

ސ.ހިތަދޫ،އީވާން އަޙްމަދު ޝަރީފް އަށް ނަންބަރު: (AGR)138-LS/INDIV/2015/226 އެއްބަސްވުމުން ދޫކުރެވިފައިވާ ކުލީ ބިމުގެ މުއްދަތު 20 އަހަރަށް އިތުރުކޮށްދިނުމަށް އެފަރާތުން އެދިފައިވާ މައްސަލަ އާއި ގުޅިގެން، ސ.ހިތަދޫ،އީވާން އަޙްމަދު ޝަރީފް އެދިފައިވާ ގޮތަށް 20 އަހަރަށް މުއްދަތު އިތުރުކޮށް، "އައްޑޫ ސިޓީގެ ކުލީ ބިންތަކުގެ ކުލި ކަނޑައެޅުމާއި ކުލި މުރާޖަޢާކުރުމާއި ގުޅޭ އުޞޫލު" އާއި އެއްގޮތްވާ ގޮތުގެ މަތިން ކުލި މުރާޖަޢާކުރުމަށްފަހު އެއްބަސްވުން އައުކޮށްދިނުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 09 ވޯޓް

ފެންނަކަމަށް: 08 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ:01 ވޯޓް

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/37-07

ތާރީޚް: 30 ޖުލައި 2026