އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 04 ވަނަ ބައްދަލުވުމުގެ ނިންމަވާފައިވާ/ލަފާ ދީފައިވާ މައްސަލަތަކާ ގުޅޭ (37-08)

30 ޖުލައި 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/37-08

ޖަލްސާ: 2026 ވަނަ އަހަރުގެ 18 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 10 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 30 ޖުލައި 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 04 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި.

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 04 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތައް، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޑރ. އާމިނަތު އަދާލާ ރަޝީދު

ތާއީދު ކުރެއްވި: ކައުންސިލަރ، އަޤީލް މުހައްމަދު

ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ

ތްރީ.އެސް ޕވޓ ލޓޑ އަށް ނަންބަރު: (AGR)426-AE/PRIV/2023/16 އެއްބަސްވުމުން ދޫކުރެވިފައިވާ ކުލީ ބިމުގެ އިންވެސްޓްމެންޓް ލިލީ އިންޓަރނޭޝަނަލް ޕވޓ ލޓޑ އަށް ވިއްކާލުމުގެ ހުއްދައަށް އެދިފައިވާ މައްސަލަ އާއި ގުޅިގެން،  އިންވެސްޓްމެންޓް ވިއްކުމުގެ ހުއްދަ ދިނުމުގައި ކައުންސިލުން ޢަމަލުކުރަމުންދާ އުޞޫލަކީ އެ ކުލީ ބިމަކަށް ދައްކަންޖެހޭ ކުލި އެއްފަހަރާ ދެއްކުމުން އިންވެސްޓްމެންޓް ވިއްކުމުގެ ހުއްދަ ދިނުމަށް ކަމަށް ވުމުން، ނަންބަރު: (AGR)426-AE/PRIV/2023/16 އެއްބަސްވުމަށް ދައްކަންޖެހޭ ކުލި 5 މަހަށް ބަހާލައިގެން ދެއްކުމަށް ތްރީ.އެސް ޕވޓ ލޓޑ އަށް ފުރުޞަތު ދިނުމަށް ނިންމަވާފައިވާ ކައުންސިލުގެ ނަންބަރު: 426-B(5)/2026/21-07 ނިންމުން ބާޠިލުކޮށް، އެ ފުރުޞަތުގެ ބަދަލުގައި،މި ކުލީ ބިމަށް ދައްކަންޖެހޭ ކުލި 07 ދުވަހުގެ ތެރޭގައި އެއްފަހަރާ ދެއްކުމުން އިންވެސްޓްމެންޓް ވިއްކާލުމުގެ ހުއްދަ އެފަރާތަށް ލިބޭނެ ކަމަށް އެންގުމަށް، އަދި ޖޫރިމަނާ މަޢާފުކޮށްދިނުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 09 ވޯޓް

ފެންނަކަމަށް: 08 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ:01 ވޯޓް

 



ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-B(5)/2026/37-08

ތާރީޚް: 30 ޖުލައި 2026