އައްޑޫސިޓީ ކައުންސިލްގެ އިދާރާ

WHCN ގެ ފަރާތުން އެންޑޮންގ ސިޓީ ، ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ " ގައި އައްޑޫ ސިޓީ ކައުންސިލުން ބައިވެރިވުމާމެދު ގޮތެއް ނިންމުން

1 ސެޕްޓެމްބަރ 2026     


ނިންމުން ނަންބަރު: 426-B(5)/2026/51

ޖަލްސާ: 2026 ވަނަ އަހަރުގެ 22 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 14 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 26 އޮގަސްޓް 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

WHCN ގެ ފަރާތުން 2026 އޮކްޓޯބަރ 29 އިން 31 އަށް އެންޑޮންގ ސިޓީ ، ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސެކަންޑް ޖެނަރަލް އެސެމްބްލީ އޮފް ދަ ވޯލްޑް ހިއުމަނިސްޓިކް ސިޓީން ނެޓްވޯކް" ގައި އައްޑޫ ސިޓީ ކައުންސިލުން ބައިވެރިވުމާއި މެދު ކައުންސިލުން ގޮތެއް ނިންމުމަށް އެދި

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލް ބިއުރޯ

ނިންމުން

މައްސަލަ ނިމުނު ގޮތް:

 

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " 2026 އޮކްޓޫބަރު 29 އިން 31 އަށް ދެކުނު ކޮރެއާގެ އެންޑޮންގ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސެކަންޑް ޖެނެރަލް އެސެމްބްލީ އޮފް ދަ ވޯލްޑް ހިއުމަނިސްޓިކް ސިޓީސް ނެޓްވޯކް" ގައި އައްޑޫ ސިޓީ ކައުންސިލުން ބައިވެރިވުމަށް ދަޢުވަތު ލިބިފައިވާތީ، މި ބައްދަލުވުމުގައި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ކައުންސިލަރ، އިބްރާހީމް ޝިނާޒް އަދި ކައުންސިލަރ، އިސްމާޢީލް ސަޢީދު ބައިވެރިވެވަޑައިގަތުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޑރ އާމިނަތު އަދާލާ ރަޝީދު

ތާއީދު ކުރެއްވި: ކައުންސިލަރ، ނުސްރަތު ރަޝީދު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 00 ވޯޓް

ފެންނަކަމަށް: 80 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/51

ތާރީޚް: 1 ސެޕްޓެމްބަރ 2026