އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ނޭޗަރ ޕާކުގެ އެސެޓްތަކާއި، ޔުޓިލިޓީސް އަދި ބާކީހުރި ފައިސާ އެންވަޔަރަމަންޓް މިނިސްޓްރީއަށް އަނބުރާ ހަވާލުކުރުމާމެދު ގޮތެއް ނިންމުން.

1 ސެޕްޓެމްބަރ 2026     


ނިންމުން ނަންބަރު: 426-B(5)/2026/53

ޖަލްސާ: 2026 ވަނަ އަހަރުގެ 22 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 14 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 26 އޮގަސްޓް 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

ކައުންސިލްގެ ނަމުގައި ނޭޗަރ ޕާކް ބެލެހެއްޓުމަށް ހުރި އެސެޓްތަކާއި، ޔުނިލިޓީސް، އަދި އައްޑޫ ކޮންޒަވޭޝަން ޓަރަސްޓް ފަންޑްގައި މިހާރު ބާކީ ހުރި ފައިސާ އާއި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަރަމެންޓް އެންޑް އެނަރޖީ އިން ކައުންސިލަށް ޓްރާންސަފަރކޮށް ބޭނުން ނުކުރެވި ހުރި ފައިސާ މިނިސްޓްރީއަށް ޓްރާސްފަރ ކުރުމަށް މިނިސްޓްރީ އިން ހުށަހަޅާފައި ވާތީ، މިކަމާއި މެދު ކައުންސިލުން ގޮތެއް ނިންމަވައި ދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް އެފެއާޒް ޔުނިޓް

ނިންމުން

މައްސަލަ ނިމުނު ގޮތް:

 

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު   ،  މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަރަމެންޓް އެންޑް އެނަރޖީ އާއި އެކު މަޝްވަރާކުރުމަށާއި، މިނިސްޓްރީގެ ނަންބަރ ސިޓީ އިން 1139- EMCD/426/2026/8 އިން އެދިލައްވާފައިވާ ކަންތައްތަކަށް މިވަގުތު އިއުތިރާޒު ކުރާ ކަމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

 

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޑރ އާމިނަތު އަދާލާ ރަޝީދު

ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހިމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 08 ވޯޓް

ފެންނަކަމަށް: 80 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/53

ތާރީޚް: 1 ސެޕްޓެމްބަރ 2026