ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(5)/2026/54-02 |
||||
|
ޖަލްސާ: 2026 ވަނަ އަހަރުގެ 23 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 15 ވަނަ ޖަލްސާ) |
ބޭއްވުނު ތާރީޚް: 02 ސެޕްޓެމްބަރ 2026 |
|||
|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީގެ 05 ވަނަ ބައްދަލުވުމުން ނިންމާފައިވާ، މައްސަލަތައް ކުރިޔަށް ގެންދިއުމާމެދު ކައުންސިލުން ގޮތެއް ނިންމުމަށް |
||||
|
މައްސަލަ ހުށަހެޅި ފަރާތް: އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީ |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނު ގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީގެ ރަސްމީ 05 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީއިން ހުށަހަޅާފައިވާ މައްސަލަ ފޭދޫ ޓޫރިޒަމް ޒޯންއިން ސްޕާ ހިންގުމަށް، ސ.މަރަދޫ، ފެހިވިލާގެ، އަބްދުﷲ މުޒައްމިލުއަށް ދޫކުރެވިފައިވާ 2،000 އަކަފޫޓުގެ SP 2 ޕްލޮޓްގެ ނަންބަރު: (AGR)426-INDIV/2021/228 އެއްބަސްވުން ބާތިލު ކުރުމުން، އިތުރު ފުރުސަތަކަށް އެދި އެފަރާތުން ހުށައަޅާފައި ވުމާއި ގުޅިގެން، މި މައްސަލައިގައި މަސައްކަތް ފުރިހަމަކުރުމަށް އެ ފަރާތަށް ތަކުރާރުކޮށް ފުރުސަތުތައް ފަހިކޮށްދެވުނުކަމާއި އަދި ޖޫރިމަނާ ދެއްކުމަށްފަހު އެއްބަސްވުން އިއާދަކުރުމުގެ އިޚްތިޔާރު ދިން ނަމަވެސް، ދެވުނު އެއްވެސް ފުރުސަތެއްގެ ބޭނުން އެ ފަރާތުން ހިފާފައެއް ނުވުމާއި އަދި އެއްބަސްވުން އުވާލުމާ ގުޅިގެން އިތުރު މުއްދަތަކަށް އެދުނު ކަމުގައި ވިޔަސް، ކައުންސިލްގެ ނިންމުން ބަދަލުކުރެވެން ނެތް ކަމަށާއި އެ ފަރާތަށް އިތުރު އެއްވެސް ފުރުސަތެއް ދެވެން ނެތް ކަމަށް ކޮމެޓީއިން ނިންމަވާފާއިވާ ނިންމުން، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
|
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޤީލް މުޙައްމަދު |
ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝިނާޒް |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ވޯޓުގައި ބައިވެރިވި: 07 ވޯޓް |
ފެންނަކަމަށް: 07 ވޯޓް |
ނުފެންނަކަމަށް: 00 |
ބައިވެރިވެވަޑައިނުގަންނަވާ:02 |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

