އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީގެ 05 ވަނަ ބައްދަލުވުމުގެ ނިންމަވާފައިވާ ލަފާ ދީފައިވާ މައްސަލައާ ގުޅޭ (54-03)

2 ސެޕްޓެމްބަރ 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/54-03

ޖަލްސާ: 2026 ވަނަ އަހަރުގެ 23 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 15 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 02 ސެޕްޓެމްބަރ 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީގެ 05 ވަނަ ބައްދަލުވުމުން ނިންމާފައިވާ، މައްސަލަތައް ކުރިޔަށް ގެންދިއުމާމެދު ކައުންސިލުން ގޮތެއް ނިންމުމަށް

މައްސަލަ ހުށަހެޅި ފަރާތް: އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީ

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީގެ ރަސްމީ 05 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީއިން ހުށަހަޅާފައިވާ މައްސަލަ

އައްޑޫސިޓީ ކައުންސިލްއާއި ސޯލްޓީ ފްރީ ޑައިވަރސް އާއި ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ ފަހުމުނާމާ (އެމް.އޯ.ޔޫ) އާއި ގުޅޭގޮތުން ކޮމިޓީގެ މެމްބަރުންގެ މެދުގައި މަޝްވަރާކުރުމަށް ހުށަހެޅުނު މައްސަލައާ ގުޅިގެން، މި ހަރަކާތަކީ 2027 ވަނަ އަހަރުގެ މާރިޗު މަހު ކުރިއަށްގެންދިއުމަށް ރޭވިފައިވާ ކަމެއް ކަމަށާއި، އެމް.އޯ.ޔޫ ގައި ހިމަނާފައިވަނީ ދެފަރާތުން ވާހަކަދައްކައި އެއްބަސްވެފައިވާ ކަންކަން ކަމުގައިވާތީ، އެމް.އޯ.ޔޫ ފާސްކުރުމާއެކު 2027 ވަނަ އަހަރުގެ ބަޖެޓު ތައްޔާރުކުރާއިރު އެމް.އޯ.ޔޫގައި ބަޔާންކޮށްފައިވާ ކަންކަމަށް އަންދާޒާ އަގެއް ކަނޑައަޅައި، އެ ހަރަކާތް ބަޖެޓުގައި ހިމަނައިގެން ޕްލޭނިންގ ސެކްޝަނުން މި މަސައްކަތް ކުރިއަށްގެންދިއުމަށްކަމަށް ކޮމެޓީއިން ނިންމަވާފާއިވާ ނިންމުން، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޤީލް މުޙައްމަދު

ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 09 ވޯޓް

ފެންނަކަމަށް: 09 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/54-03

ތާރީޚް: 2 ސެޕްޓެމްބަރ 2026