އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީގެ 05 ވަނަ ބައްދަލުވުމުގެ ނިންމަވާފައިވާ ލަފާ ދީފައިވާ މައްސަލައާ ގުޅޭ (54-04)

2 ސެޕްޓެމްބަރ 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/54-04

ޖަލްސާ: 2026 ވަނަ އަހަރުގެ 23 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 15 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 02 ސެޕްޓެމްބަރ 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީގެ 05 ވަނަ ބައްދަލުވުމުން ނިންމާފައިވާ، މައްސަލަތައް ކުރިޔަށް ގެންދިއުމާމެދު ކައުންސިލުން ގޮތެއް ނިންމުމަށް

މައްސަލަ ހުށަހެޅި ފަރާތް: އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީ

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީގެ ރަސްމީ 05 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީއިން ހުށަހަޅާފައިވާ މައްސަލަ

ޓޫރިޒަމް ޒޯންގައި ޓޫރިސްޓް ބެޑާއި ޚިދުމަތްތައް ޤާއިމު ކުރެވޭއިރު އެތަނުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ނަމާދު ކުރެވޭނެ އިންތިޒާމު އެ ސަރަހައްދުގައި ހަމަޖެއްސުމުގެ ގޮތުން، ޕްރިމިއަރ ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑްގެ ޚަރަދުގައި މިސްކިތެއް އެޅުމަށް، 3500 އަކަފޫޓަށްވުރެ ކުޑަނޫން ބިމެއް ހަމަޖައްސަވައި ދެއްވުމަށް އެދި އެ ކުންފުނިން ހުށަހަޅާފައިވާ މައްސަލަ އާއި ގުޅިގެން، ފޭދޫ ޓޫރިޒަމް ޒޯން ތަރައްޤީވެ ނިމެމުންދާއިރު، އެ ސަރަޙައްދާ މެދު ފުޅާ ދާއިރާއެއްގައި ވިސްނައި، ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ރިޢާޔަތްކުރަން ޖެހިފައިވާކަމާއި މިގޮތުން އެންމެ މުހިންމު އެއް ކަމަކީ އެ ޒޯނުގައި ކުނި މެނޭޖްކުރެވޭނެ އެކަށީގެންވާ ނިޒާމެއް އަދި ހަމަޖެހިފައި ނެތުމެވެ. އެތަނުގެ ހުރިހާ ކޮޓަރިތަކާއި ރެސްޓޯރެންޓްތަކުގެ ދުވަހު އޮޕަރޭޝަންތައް ފެށުމުން، ރިސޯޓަކާ އެއްވަރަށް ކުނި އުފެދޭނެތީ، މިކަން ބެލެހެއްޓުމަށް ކައުންސިލުން ޚާއްޞަ ވިސްނުމެއް ގެންގުޅެންޖެހިފައިވާ ކަމާއި އަދި އަސްލު ކޮންސެޕްޓްގައި ވޭސްޓް މެނޭޖްމަންޓް ޕްލޭނަކާއި ކުނި ޖަމާކުރާނެ ޕޮއިންޓެއް ހިމަނާފައިވާނެކަން ވެސް ވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން، އެ ޒޯނުގައި އެންޓަޓެއިންމަންޓް ސެންޓަރެއް ތަރައްޤީކުރުމުގެ މަޝްވަރާތައްވެސް  ކުރިއަށްދާ ކަމާއި، މީގެ އިތުރުން ގެސްޓްހައުސްތައް ހިންގަން ފެށުމުން ދިމާވާނެ ޕާކިންގގެ ދަތިކަމަށް ޙައްލެއް ހޯދުމަށް ޒޯންގެ ފަހަތުގައިވާ ހުސް ޖާގަ ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުން މުހިންމެވެ. އެހެންކަމުން، މިހާރު ހުރި ބިމުގެ ޖާގަ ދެނެގަތުމަށްފަހު، ފޭދޫ ޓޫރިޒަމް ޒޯން އަލުން ރީ-ޕްލޭންކޮށް ޒޯންއަށް އިތުރު ކުރަންޖެހޭ ފެސިލިޓީސް އާއި ގުޅޭގޮތުން ކޮމެޓީއިން ނިންމަވާފާއިވާ ނިންމުން، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޤީލް މުޙައްމަދު

ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 09 ވޯޓް

ފެންނަކަމަށް: 09 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/54-04

ތާރީޚް: 2 ސެޕްޓެމްބަރ 2026