އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"ޓަސްލާފަ އައްޑޫ ފެސްޓިވަލް" އަށް އައްޑޫ ކައުންސިލާއި އެމް.އޯ.އައި ގްރޫޕް ގުޅިގެން އެމް.އޯ.ޔޫ ސޮއިކުރުމާމެދު ކައުންސިލުގެ ނިންމުން

2 ސެޕްޓެމްބަރ 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/55

ޖަލްސާ: 2026 ވަނަ އަހަރުގެ 23 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 15 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 02 ސެޕްޓެމްބަރ 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީ ކައުންސިލާއި ގުޅިގެން އެމް.އޯ.އައި ގްރޫޕް ޕްރައިވެޓް ލިމިޓެޑް އިން އިންތިޒާމްކޮށްގެން އައްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޓަސްލާފަ އައްޑޫ ފެސްޓިވަލް"ގެ އިންތިޒާމްތަކާއި ގުޅޭގޮތުން (އެމް.އޯ.ޔޫ)ގައި ސޮއި ކުރުމާމެދު ކައުންސިލުން ގޮތެއް ނިންމެވުމަށް

މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް އެފެއާޒް ޔުނިޓް

ނިންމުން

މައްސަލަ ނިމުނު ގޮތް:

 

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު،  "ޓަސްލާފަ އައްޑޫ ފެސްޓިވަލް"ގެ އިންތިޒާމްތައް ހަމަޖެއްސުމާއި ގުޅޭގޮތުން އެމް.އޯ.އައި ގްރޫޕް ޕްރައިވެޓް ލިމިޓެޑް އާއެކު މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއް ތައްޔާރުކޮށް ސޮއިކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

 

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު

ތާއީދު ކުރެއްވި: ކައުންސިލަރ، އިސްމާއިލް ސަޢީދު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 09 ވޯޓް

ފެންނަކަމަށް: 09 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00

 



ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-B(5)/2026/55

ތާރީޚް: 2 ސެޕްޓެމްބަރ 2026