އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އީ-ޕެޓިޝަން އަށް ކައުންސިލް އިން ތާއީދުކޮށް ޤަރާރެއް ފާސްކުރުމާއި މެދު ކައުންސިލުން ގޮތެއް ނިންމެވުން

2 ސެޕްޓެމްބަރ 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/56

ޖަލްސާ: 2026 ވަނަ އަހަރުގެ 23 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 15 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 02 ސެޕްޓެމްބަރ 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

ރާއްޖޭގެ ސަރަޙައްދީ ތަފާތުކުރުންތައް ނައްތާލުމަށާއި، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށާއި، އަދި އަތޮޅުތަކުގެ މެދުގައި ޕީ.އެސް.އައި.ޕީ (ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް) ބަޖެޓު އަދުލުވެރިކަމާއެކު ބެހުމަށް ޤާނޫނީ ގޮތުން ލާޒިމުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އީ-ޕެޓިޝަން އަށް ކައުންސިލް އިން ތާއީދުކޮށް ޤަރާރެއް ފާސްކުރުމާއި މެދު ކައުންސިލް އިން ގޮތެއް ނިންމުމަށް އެދި

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލް ބިއުރޯ ޔުނިޓު

ނިންމުން

މައްސަލަ ނިމުނު ގޮތް:

 

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު،  " ދިވެހިރާއްޖޭގެ ސަރަޙައްދީ ތަފާތުކުރުންތައް ނައްތާލުމަށާއި، ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމުގެ އިތުރުން، އަތޮޅުތަކުގެ މެދުގައި ޕީ.އެސް.އައި.ޕީ ބަޖެޓު އިންސާފުވެރިކަމާއެކު ބެހުމަށް ޤާނޫނީ ގޮތުން ލާޒިމުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އީ-ޕެޓިޝަނަށް ތާއީދު ހޯދުމަށް އެދިފައިވާތީ،މި ޤައުމީ މަސައްކަތަށް ތާއީދުކޮށް، ކައުންސިލުން ރަސްމީ ޤަރާރެއް ފާސްކުރުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ޕޯޓަލް މެދުވެރިކޮށް މި ޕެޓިޝަނުގައި ކައުންސިލްގެ ފަރާތުން ސޮއިކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝިނާޒް

ތާއީދު ކުރެއްވި: ކައުންސިލަރ، އަޤީލް މުޙައްމަދު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 09 ވޯޓް

ފެންނަކަމަށް: 09 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/56

ތާރީޚް: 2 ސެޕްޓެމްބަރ 2026