އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީގެ 06 ވަނަ ބައްދަލުވުމުގައި ކައުންސިލުގެ ނިންމެވުން ( 59-01)

9 ސެޕްޓެމްބަރ 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/59-01

ޖަލްސާ: 2026 ވަނަ އަހަރުގެ 24 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 16 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 09 ސެޕްޓެމްބަރ 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީގެ 06 ވަނަ ބައްދަލުވުމުން ނިންމާފައިވާ، މައްސަލަތައް ކުރިޔަށް ގެންދިއުމާމެދު ކައުންސިލުން ގޮތެއް ނިންމުމަށް

މައްސަލަ ހުށަހެޅި ފަރާތް: އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީ

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީގެ ރަސްމީ 06 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީއިން ހުށަހަޅާފައިވާ މައްސަލަ

އައްޑޫސިޓީ ފޭދުގައި ކްރޫޒް ޓަރމިނަލް އަދި  ޔޮޓް މެރީނާއެއް ތަރައްޤީކޮށް ހިންގުމަށްޓަކައި އައްޑޫސިޓީ ކައުންސިލްއާއި  އިންޓަރ ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް(އައި.ސީ.އެމް. ) އާއި ދެމެދު 25 އޮކްޓޫބަރ 2023 ދުވަހު ވެވިފައިވާ ނަންބަރު: ((AGR)426-AB/PRIV/2023/98) އެއްބަސްވުމުގެ ދަށުން، ހުށަހަޅުން ލާޒިމްވާ ޑީޓެއިލް ޑްރޯވިންގްސް ހުށައަޅާފައި ނުވެއެވެ. މިކަމާ ގުޅިގެން، އެ ކުރެހުންތައް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 31 އޮގަސްޓް 2026 ކަމުގައި ކަނޑައަޅައި، 12 އޮގަސްޓް 2026 ގައި ކައުންސިލްގެ ނަންބަރު 426-AB/PRIV/2026/272 ސިޓީ މެދުވެރިކޮށް އެ ފަރާތަށްވަނީ ފައިނަލް ނޯޓިސް ފޮނުވިފައެވެ. މި ނޯޓިސް އާއިގުޅިގެން 31 ނޮވެމްބަރު 2026 ގެ ނިޔަލަށް މުއްދަތު އިތުރުކޮށްދިނުމަށް އައި.ސީ.އެމް. އިން އެދިފައިވުމުން، އިންޓަރ ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން 31 އޮކްޓޫބަރު 2026 ގެ ކުރިން ޑީޓެއިލް ޑްރޯވިންގްސް ހުށަހެޅުމަށް އެންމެ ފަހުގެ ނޯޓިސް ފޮނުވުމަށާއި، އެ މުއްދަތު ހަމަވާއިރު ކުރެހުންތައް ހުށަނާޅައިފިނަމަ އޮޓޯ ޓަރމިނޭޝަނަކަށް ދިއުމަށާއި އަދި އެފަރާތަށް އިތުރު މުއްދަތެއް ނުދިނުމަށް، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޤީލް މުޙައްމަދު

ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހިމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 06 ވޯޓް

ފެންނަކަމަށް: 06 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:01 

 



ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-B(5)/2026/59-01

ތާރީޚް: 9 ސެޕްޓެމްބަރ 2026