އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 06 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކާ ގުޅޭ (60-01)

9 ސެޕްޓެމްބަރ 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/60-01

ޖަލްސާ: 2026 ވަނަ އަހަރުގެ 24 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 16 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 09 ސެޕްޓެމްބަރ 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 06 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި.

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 06 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ

ހިތަދޫ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު ހިންގާ ޢިމާރާތް ހުރި ބިމުގެ ރަޖިސްޓްރީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާއި ބެހޭ ވުޒާރާ ގެ ނަމަށް ބަދަލުކޮށްދިނުމަށް، އެ ވުޒާރާއިން އެދިފައިވާ މައްސަލައިގައި،  ދަޢުލަތުގެ ނިޒާމުގެ ތެރެއިން ހެލްތް މިނިސްޓްރީގެ ނަމުގައި ހަދައިދެވިފައިވާ ރަޖިސްޓްރީ އާއި މެދު ޢަމަލުކުރާނެ އުޞޫލެއް ކަނޑައެޅިގެން ނޫންގޮތަކަށް އެ މިނިސްޓްރީގެ ނަމުގައި ރަޖިސްޓްރީ ކޮށްދެވިފައިވާ ބިމުގެ ރަޖިސްޓްރީ އެހެން ފަރާތެއްގެ ނަމަށް ބަދަލުކޮށް، ރަޖިސްޓްރީ ހަދައިދެވޭނެ ކަމުގައި ޤަބޫލުނުކުރެވޭތީ، މިކަން ސާފުކޮށް ދިނުމަށް ފިނޭންސް މިނިސްޓްރީ، ހެލްތް މިނިސްޓްރީ، ހޯމް މިނިސްޓްރީ އަދި ނޭޝަނަލް ޑްރަގް އެޖެންސީ އާއިއެކު މަޝްވަރާކުރައްވާ ނިންމަވަން ޖެހޭ ކަންކަން ނިންމެވުމަށްފަހު ރަޖިސްޓްރީ ބަދަލުކޮށްދިނުމަށް ހުށަހެޅުއްވުމުން އެ ނިންމުމާއި އެއްގޮތަށް ރަޖިސްޓްރީ ބަދަލުކޮށްދިނުމުގެ ކަންކަން ކުރިޔަށް ދާނެކަމަށް ދަންނަވައި، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ފޮނުއްވާފައިވާ ނަންބަރު: 10-H/426/2026/1 ސިޓީ ގެ ޖަވާބު ފޮނުވުމަށް، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޤީލް މުޙައްމަދު

ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހިމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 06 ވޯޓް

ފެންނަކަމަށް: 05 ވޯޓް

ނުފެންނަކަމަށް: 01

ބައިވެރިވެވަޑައިނުގަންނަވާ:01

 



ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-B(5)/2026/60-01

ތާރީޚް: 9 ސެޕްޓެމްބަރ 2026