ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(5)/2026/60-05 |
||||
|
ޖަލްސާ: 2026 ވަނަ އަހަރުގެ 24 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 16 ވަނަ ޖަލްސާ) |
ބޭއްވުނު ތާރީޚް: 09 ސެޕްޓެމްބަރ 2026 |
|||
|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 06 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި. |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނު ގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 06 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ ހިތަދޫ އިން ގޯއްޗަށް އެ ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން، ގޯއްޗަށް އެދޭ ފޯމާއި އެކު ހުށަހަޅަންޖެހޭ އިޤުރާރު ހުށަހަޅާފައިނުވާ ހަތަރު ފަރާތަކަށް އިދާރީ ކުށަކުން ގޯތި ޙަވާލުކުރެވިފައިވާ މައްސަލައާއި މެދު ގޮތެއް ނިންމައިދިނުމަށް އެދި ހިތަދޫ އަވަށުއޮފީހުގެ ނަންބަރު:(MEMO)426-2B/426/2026/1566 މެމޯ އިން ހުށަހަޅުއްވާފައިވާ މައްސަލަ، ސ.މަރަދޫ/ފާހި ހަނާ އިބްރާހީމް އާއި ގުޅިގެން، މިފަރާތުން ގޯއްޗަށް އެދި ހުށަހަޅުއްވާފައިވާ ފޯމުގައި ކައުންސިލުން ކަނޑައަޅުއްވާ އުޞޫލާއި އެއްގޮތަށް ތަރިކައިން ލިބޭ ބައި ދޫކޮށްލުމަށް އެއްބަސްވާކަމަށް ފާހަގަކުރައްވާފައިވާތީ، މިފަރާތާއި ޙަވާލުކުރެވިފައިވާ ގޯތި ރަޖިސްޓްރީކޮށްދިނުމުގެ މަސައްކަތް ކުރިޔަށްގެންދިޔުމަށް ފެންނަކަމަށާއި، ރަޖިސްޓްރީކޮށްދިނުމުގެ ކުރިން މިފަރާތުން ހުށަހަޅަންޖެހޭ އިޤުރާރު (ތަރިކައިން ލިބޭ ބައި ދޫކޮށްލުމަށް އެއްބަސްވާ އިޤުރާރު) ހޯދުމަށްފަހު ގޯތި ރަޖިސްޓްރީ ކޮށްދިނުމަށް، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
|
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޤީލް މުޙައްމަދު |
ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހިމް ޝިނާޒް |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ވޯޓުގައި ބައިވެރިވި: 06 ވޯޓް |
ފެންނަކަމަށް: 05 ވޯޓް |
ނުފެންނަކަމަށް: 01 |
ބައިވެރިވެވަޑައިނުގަންނަވާ:01 |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

