މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ މަރަދޫ މިރާގޭގައި ހިނގި އަލިފާނުގެ ޙާދިސާއާއި ގުޅިގެން އެގެއަށް ފައިސާގެ އެހީތެރިކަމެއް ވެދިނުން. |
||||
މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ފައިސަލް އިބްރާހީމް |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުނު މި މައްސަލަ ކައުންސިލަށް ވަނީ ބަލައިގެންފައެވެ. ކައުންސިލަރ ފައިޞަލު އިބްރާހީމް ހުށަހެޅުއްވީ ރަމްޒީ އެހީއެއްގެ ގޮތުން -/5000 ރުފިޔާގެ ފައިސާގެ އެހީއެއް ދިނުމަށެވެ. ކައުންސިލަރ ފައިސަލް އިބްރާހީމްގެ ހުށަހެޅުމަށް ތާއީދު ކުރައްވަމުން ޑެޕިއުޓީ މޭޔަރ ވިދާޅުވީ، އެހީދިނުމުގެ އިތުރުން މި ހާދިސާގެ މައުލޫމާތު ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް ލިއުއްވުމަށެވެ. މި މައްސަލާގައި ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ. އެހީދިނުމަށް ނިންމާފައި ވަނީ ޤުދުރަތީގޮތުން ލިބޭ ގެއްލުމަށް އެހީގެ ގޮތުގައި ދޭ ފައިސާގެ ކޯޑް 228005 އިންނެވެ. |
||||
ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ފައިޞަލް އިބްރާހީމް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 05 ވޯޓް |
ވޯޓުގައި ބައިވެރިވި: 5 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
އައްޑޫސިޓީ މަރަދޫ މިރާގޭގައި ހިނގި އަލިފާނުގެ ޙާދިސާއާއި ގުޅިގެން އެގެއަށް ފައިސާގެ އެހީތެރިކަމެއް ވެދިނުން