ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(5)/2026/60-08 |
||||
|
ޖަލްސާ: 2026 ވަނަ އަހަރުގެ 24 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 16 ވަނަ ޖަލްސާ) |
ބޭއްވުނު ތާރީޚް: 09 ސެޕްޓެމްބަރ 2026 |
|||
|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 06 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި. |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނު ގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 06 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ ކީސްޓޯން މޯލްޑިވްސް އަށް ނަންބަރު: (AGR)426-AE/INDIV/2025/719 އެއްބަސްވުމުން ދޫކުރެވިފައިވާ ކުލީ ބިމަށް ދައްކަންޖެހިފައިވާ ޖޫރިމަނާ މަޢާފުކޮށްދިނުމަށާއި، އިޤްތިޞާދީ ޙާލަތު ރަނގަޅު ވަންދެން 1 އަހަރު ދުވަހުގެ ކުލި މަޢާފުކޮށްދިނުމާއިއެކު އެއްބަސްވުމުގެ ދަށުން މިހާތަނަށް ދައްކަންޖެހިފައިވާ ކުލި މަޢާފުކޮށްދިނުމަށް، އަދި ސީ.އެސް.އާރު ގެ ގޮތުގައި ހުށަހަޅުއްވާފައިވާ ޢަދަދު މުރާޖަޢާކޮށްދިނުމަށް އެފަރާތުން އެދިފައިވާ މައްސަލައިގައި، "ސުވާދިވް ކެފޭ" ކުރިމަތީގައިވާ ބްލޮކުން ކުލީ ބިން ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)426-AE/426/2025/147 އަދި ނަންބަރު: (IUL)426-AE/426/2025/122 އިޢުލާނުގެ ދަށުން ދޫކުރެވިފައިވާ ކުލީ ބިންތަކުގެ ތެރެއިން މަސައްކަތް ފެށިފައިނުވާ ހުރިހާ ކުލީ ބިންތަކަކަށްވެސް މަސައްކަތް ފެށިފައިނުވަނީ، ބިންތަކަށް ވަދެ ނިކުތުމުގައި ކުރިމަތިވެފައިވާ ދަތިތަކާއި ގުޅިގެން ކަމަށްވާތީ، ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ކައުންސިލުން އިސްނަގައިގެން އެ ސަރަޙައްދުގެ ޑްރެއިން ތިރިކޮށް، މި ބިންތަކަށް ވަދެނިކުމެވޭނެ ގޮތް ހަދައިދިނުމަށް ފެންނަކަމަށާއި މި މަސައްކަތް ޕްރޮޖެކްޓް ސެކްޝަނާއި ޙަވާލުކޮށްގެން ކުރިޔަށް ގެންދިޔުމަށާއި، ސެޕްޓެމްބަރު މަހުގެ ނިޔަލަށް މަގު ހަދައި ނިމުމުން އެފަރާތްތަކާއި ބިންތައް ޙަވާލުކޮށް، އެ މުއްދަތުން ފެށިގެން ކުލި ނެގުމަށް ފެށުމަށާއި،މި ބިންތަކުގެ އެއްބަސްވުމުގައިވާ މުއްދަތު (20 އަހަރު)ފެށޭ ތާރީޚަކީ ކުލި ނަގަން ފަށާ ތާރީޚު ކަމުގައި ހަދައި އެއްބަސްވުމުގެ ޖަދުވަލެއްގައި އެކަން ހިމެނުމަށްފައި އެއްބަސްވުންތައް އިޞްލާޙުކުރުމަށް، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
|
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޤީލް މުޙައްމަދު |
ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހިމް ޝިނާޒް |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ވޯޓުގައި ބައިވެރިވި: 06 ވޯޓް |
ފެންނަކަމަށް: 05 ވޯޓް |
ނުފެންނަކަމަށް: 01 |
ބައިވެރިވެވަޑައިނުގަންނަވާ:01 |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

