އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 06 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކާ ގުޅޭ (60-12)

9 ސެޕްޓެމްބަރ 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/60-12

ޖަލްސާ: 2026 ވަނަ އަހަރުގެ 24 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 16 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 09 ސެޕްޓެމްބަރ 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 06 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި.

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 06 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ

ސ.މަރަދޫ،ސޭބުމާގެ ޢަލިދީދީ އަށް ނަންބަރު: (AGR)426-AE/INDIV/2024/101 އެއްބަސްވުމާއި، ނަންބަރު:                        (AGR)426-AB/INDIV/2022/46 އެއްބަސްވުން، އަދި ނަންބަރު: (AGR)426-AB/INDIV/2022/45 އެއްބަސްވުމުން ދޫކުރެވިފައިވާ ކުލީ ބިމަށް ދައްކަންޖެހިފައިވާ ޖޫރިމަނާ މަޢާފުކޮށްދިނުމަށް އެފަރާތުން އެދިފައިވާ މައްސަލައިގައި، މި ތިން ކުލީ ބިމަށް ދައްކަންޖެހިފައިވާ ކުލި، "އައްޑޫސިޓީގެ ކުލީ ބިންތަކާއި ގުޅޭ މުޢާމަލާތްތަކުގައި ލުއިދިނުމުގެ އުޞޫލު" އާއި އެއްގޮތްވާގޮތުގެ މަތިން ބަހައިގެން ދެއްކުމުގެ ފުރުޞަތު ދިނުމަށާއި، އެއާއި އެއްގޮތަށް ކުލި ދެއްކުމަށް އެފަރާތުން އެއްބަސްވާނަމަ ޖޫރިމަނާ މަޢާފުކޮށްދިނުމަށް  ، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން  މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޤީލް މުޙައްމަދު

ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހިމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 06 ވޯޓް

ފެންނަކަމަށް: 05 ވޯޓް

ނުފެންނަކަމަށް: 01

ބައިވެރިވެވަޑައިނުގަންނަވާ:01

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 26-B(5)/2026/60-12

ތާރީޚް: 9 ސެޕްޓެމްބަރ 2026