އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 06 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކާ ގުޅޭ (60-13)

9 ސެޕްޓެމްބަރ 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/60-13

ޖަލްސާ: 2026 ވަނަ އަހަރުގެ 24 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 16 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 09 ސެޕްޓެމްބަރ 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 06 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި.

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 06 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ

އައްޑޫ ބެސްޓް ކަލެކްޝަން އިނޮވޭޓިވް ޕްރައިވެޓް ލިމިޓެޑް އަށް ނަންބަރު: (AGR)426-AE/PRIV/2025/120އެއްބަސްވުމުން ދޫކުރެވިފައިވާ ކުލީ ބިމަށް ދައްކަންޖެހިފައިވާ ފައިސާ ދެއްކުމަށް ލުއިގޮތެއް ހަމަޖައްސައިދިނުމަށް އެ ކުންފުނި އިން އެދިފައިވާ މައްސަލައިގައި،  މިއީ ވާދަވެރި ބީލަމަކުން ކާމިޔާބުވެ، ދޫކުރެވިފައިވާ ބިމެއް ކަމަށާއި، މިފަދަ ބިންތަކަށް ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކޮށް މާކްސް ދިނުމުގައި، މަސައްކަތް ކުރާނެ ޓައިމްލައިންއަށް ބެލެވޭކަމުގައާއި، އެހެންކަމުން މި ޓައިމްލައިން އާއި އެއްގޮތަށް ބިން ލިބޭ ފަރާތުން މަސައްކަތްކޮށް، ޚިދުމަތް ފޯރުކޮށްނުދެވުމުން ކައުންސިލުން ބިން ދޫކުރި މަޤުޞަދު ޙާސިލުނުވާ ކަމަށް ފާހަގަކުރައްވާ، މިފަދަ މައްސަލަތައް ކުރިންވެސް ދިމާވެފައިވާތީ ކުރިޔަށް އޮތްތަނުގައި ތަކުރާރުވިޔަނުދިނުމަށްޓަކައި އެދެވޭ ފިޔަވަޅު އެޅުމަކީ މުހިއްމު ކަމެއް ކަމުގައި ޤަބޫލުކުރެވޭތީ، މި ކުލީ ބިމާއި އެކު މި ބިން ހިމެނޭ ސަރަޙައްދުން އަލަށް ދޫކުރެވިފައިވާ ކުލީ ބިންތަކުގެ ތެރެއިން މަސައްކަތް ކުރުމަށް ފަށާފައިނުވާ ފަރާތްތަކަށް ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާގޮތުގެ މަތިން، އެއްބަސްވުމުގެ މާއްދާތަކަށް ރިޢާޔަތްކޮށް އެޅެން އޮތް ފިޔަވަޅުތައް އެޅުމަށް ފެންނަކަމަށާއި، އަދި މި ބިންތަކަށް ދައްކަންޖެހިފައިވާ ކުލި އާއި ޖޫރިމަނާ 15 ދުވަހުގެ ތެރޭގައި ދެއްކުމަށް ބިންތަކުގެ ވެރިފަރާތްތަކަށް އެންގުމާއިއެކު، މި އެންގުމާއި ޚިލާފުވާނަމަ ބިން ވަކިކޮށް، އެއްބަސްވުން ބާޠިލުކުރެވޭނެ ކަމަށް އެފަރާތްތަކަށް ނޯޓިސް ދިނުމަށް، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޤީލް މުޙައްމަދު

ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހިމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 06 ވޯޓް

ފެންނަކަމަށް: 05 ވޯޓް

ނުފެންނަކަމަށް: 01

ބައިވެރިވެވަޑައިނުގަންނަވާ:01

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/60-13

ތާރީޚް: 9 ސެޕްޓެމްބަރ 2026