ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(5)/2026/63-01 |
||||
|
ޖަލްސާ: 2026 ވަނަ އަހަރުގެ 25 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 17 ވަނަ ޖަލްސާ) |
ބޭއްވުނު ތާރީޚް: 17 ސެޕްޓެމްބަރ 2026 |
|||
|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީގެ 07 ވަނަ ބައްދަލުވުމުން ނިންމާފައިވާ، މައްސަލަތައް ކުރިޔަށް ގެންދިއުމާމެދު ކައުންސިލުން ގޮތެއް ނިންމުމަށް |
||||
|
މައްސަލަ ހުށަހެޅި ފަރާތް: އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީ |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނު ގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީގެ ރަސްމީ 07 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.
އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީއިން ހުށަހަޅާފައިވާ މައްސަލަ މަރަދޫ ޓޫރިޒަމް ޒޯންއިން ސިޓީހޮޓާ ހިންގުމަށް ބިއްޒޯ ޓްރޭޑް ޕްރައިވެޓް ލިމިޓެޑް އަށް ދޫކޮށްފައިވާ 21،771 އަކަފޫޓުގެ Z2 ޕްލޮޓްގެ ރިވައިޒްޑް ވޯކްޕްލޭން އެޕްރޫވް ކުރުމަށް ހުށައަޅާފައިވާ މައްސަލާގައި، ވޭތުވެދިޔަ އަހަރު ހޮރުމޯޒް ކަނޑުއޮޅީގައި ދިމާވި މައްސަލަތަކާ ގުޅިގެން ދުނިޔޭގެ އިޤްތިސާދަށާއި، މުދާ އުފުލުމުގެ ޚަރަދަށާއި، ތެލާއި ޑޮލަރުގެ އަގަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ވުމުން، މި ހާލަތްތަކަށް ރިޢާޔަތްކޮށް، ބިއްޒޯ ޓްރޭޑް ޕްރައިވެޓް ލިމިޓެޑުން ރިވައިޒްޑް ވޯކްޕްލޭން ފާސްކުރުމަށް ހުށަހަޅާފައިވީ ނަމަވެސް، ޤާނޫނީ ލަފައާ އެއްގޮތަށް ކައުންސިލަށް ދައްކަންޖެހޭ ކުލީގެ މުއްދަތަށް ބަދަލެއް ނާންނާނެ ކަމަށް ޝަރުތުކޮށް މިއީ އެ ކުންފުންޏަށް ދެވޭ އެންމެ ފަހު ފުރުޞަތު ކަމުގައި ކަނޑައަޅައި، އެފަރާތުން އެދިފައިވާ ގޮތަށް ރިވައިޒްޑް ވޯކްޕްލޭން އެޕްރޫވް ކުރުމަށް، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މިހުށަހެޅުން ފާސްކުރެވުނެވެ. |
||||
|
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޤީލް މުޙައްމަދު |
ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނަޛީރު |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ވޯޓުގައި ބައިވެރިވި: 05 ވޯޓް |
ފެންނަކަމަށް: 04 ވޯޓް |
ނުފެންނަކަމަށް: 01 |
ބައިވެރިވެވަޑައިނުގަންނަވާ:00 |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

