ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(5)/2026/65-01 |
||||
|
ޖަލްސާ: 2026 ވަނަ އަހަރުގެ 26 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 18 ވަނަ ޖަލްސާ) |
ބޭއްވުނު ތާރީޚް: 23 ސެޕްޓެމްބަރ 2026 |
|||
|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 07 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި. |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނު ގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 07 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމެޓީއިން ހުށަހަޅާފައިވާ މައްސަލަ ކޫލްޓްރިޕް މޯލްޑިވްސްއަށް އެއްބަސްވުން ނަމްބަރު (AGR)426-AE/INDIV/2025/960,961އަދި 962ގެ ދަށުން މަރަދޫއިން ދޫކުރެވިފައިވާ ކުލީބިންތައް (KB045, KB046, KB047)ވަނީ މަރަދޫ ކުޑަކުދިންގެ ޕާރކް ތެރެއިން ކަމުގައިވާތީވެ، މަރަދޫ އަވަށު އޮފީހުން މިބިންތައް އެހެން ސަރަޙައްދަކަށް ބަދަލުކުރެއްވުމަށް އެދިލައްވާފައިވާ މައްސަލާގައި ކުރެވުނު މަޝްވަރާގައި، މަރަދޫ އަވަށު އޮފީހުން ކޫލްޓްރިޕްއަށް ދޫކުރެވިފައިވާ ކުލީބިންތައް ބަދަލުކުރަން އެދިފައިވާ ސަރަޙައްދަކީ ބޮޑު ބަދަލެއް ދިނުމަށް ފަހު ވޮލީ ކޯޓު އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް ނިންމާފައިވާ ސަރަޙައްދެއްކަމަށާއި، މިސަރަޙައްދު ހުސްބިމެއްގެ ގޮތުގައި ބޭއްވުމުގެ މަޤުސަދަކީ މުސްތަގުބަލުގައި ތަރައްޤީގެ މަޝްރޫޢުތަކަށް ފުރުސަތު ފަހިކޮށް ދިނުން ކަމަށާއި، މިހާރު މިފަރާތަށް ބިން ދޫކުރެވިފައިވާ ސަރަޙައްދުން ބިންތައް ދޫކުރެވިފައިވާ އެހެން ފަރާތްތަކަށްވެސް ބިންތައް ބަދަލުކޮށް ދޭން ޖެހޭނެތީވެ އާއި، އަދި އެދިފައިވާ ބިންތައް ވޮލީކޯޓު ސަރަޙައްދުން ދޫކޮށްފިނަމަ ކުރިން ބިންތައް އޮތް ސަރަޙައްދުގެ ބޭނުން ނުހިފިދާނެ ކަމަށް ފެންނާތީވެ، ކޫލްޓްރިޕަށް ދޫކުރެވިފައިވާ 03(ތިނެއް)ބިން މިހާރުވެސް ދޫކުރެވިފައިވާ ސަރަޙައްދުން ދޫކުރުމަށް ، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ. |
||||
|
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝިނާޒް |
ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނަޛީރު |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ވޯޓުގައި ބައިވެރިވި: 07 ވޯޓް |
ފެންނަކަމަށް: 07 ވޯޓް |
ނުފެންނަކަމަށް: 00 |
ބައިވެރިވެވަޑައިނުގަންނަވާ:00 |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

