މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: (ށ) ކައުންސިލް އިދާރާގެ ޑިވިޝަން އަދި އަވަށު އޮފީސްތަކުން ކޮންމެ މަހަކު އެންމެ ރަނގަޅު މުވައްޒަފަކު ހޮވުމަށް މިހާރު ޢަމަލު ކުރެވެމުންދާ އުޞޫލް އިޞްލާޙް ކުރުމަށް ފެންނާތީ ހުށަހަޅާ މައްސަލަ |
||||
މައްސަލަ ހުށަހެޅި ފަރާތް: އެޗް.އާރު. ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލްގައި މަޝްވަރާކުރުމަށްފަހު،
އުޞޫލެއްގެ ގޮތުން މިހާރު ހުށަހެޅިފައިވާގޮތް ރަނގަޅު ކަމަށާއި އެހެން ނަމަވެސް މާކްސް ދިނުމުގައި ކަނޑައެޅިފައިވާ އަށާރަ ނުގުތާއަށް 1 އާއި 10 އާއި ދެމެދުގެ ރޭންޖަކުން މާކްސް ދިނުމަށްފަހު، 2 ފަރާތް ނުވަތަ އެއަށްވުރެ ގިނަފަރާތް އެއްވަރުވެއްޖެނަމަ އެއްވަރުވާ ހުރިހާ ފަރާތަކަށްވެސް އެމްޕްލޯއީ އޮފް ދަ މަންތު އެވޯޑް ދިނުމަށް ނިންމުނެވެ. މީގެ އިތުރަށް މިހާރު އެމްޕްލޯއީ އޮފް ދަ މަންތު ދިނުން މަޑުޖެހިފައިވާ މަޑުޖެހުން އަވަސްކޮށް ކުރިއަށް ގެންގޮސްދެއްވުމަށާއި، މުވައްޒަފުން މިންކުރުމުގައި، މިހާރު ހަމަޖެހިފައިވާ އުޞޫލުން ބޭރުން އެއްވެސް ކަމެއް ކުރިއަށް ނުގެންދެވުމަށާއި، މާކްސް ދިނުމުގައި ވީހާވެސް ހަމަހަމަ އުޞޫލުން އިންޞާފުވެރިކަމާއިއެކު މިކަން ކުރިއަށް ގެންދިއުމަށް ނިންމުނެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ އިބްރާހީމް ޝުކުރީ |
ހުށަހެޅުން ހުށަހެޅި: ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް، |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 06 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ކައުންސިލް އިދާރާގެ ޑިވިޝަން އަދި އަވަށު އޮފީސްތަކުން ކޮންމެ މަހަކު އެންމެ ރަނގަޅު މުވައްޒަފަކު ހޮވުމަށް ޢަމަލު ކުރެވެމުންދާ އުޞޫލް އިޞްލާޙް ކުރުން