އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 07 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލައާ ގުޅޭ (65-02)

23 ސެޕްޓެމްބަރ 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/65-02

ޖަލްސާ: 2026 ވަނަ އަހަރުގެ 26 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 18 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 23 ސެޕްޓެމްބަރ 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 07 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި.

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 07 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމެޓީއިން ހުށަހަޅާފައިވާ މައްސަލަ

ސ.ހިތަދޫ ރޯޒަރީވިލާ ޙުސައިން ޙަނީފު ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އައި.އެސް އޮރްކާ މަރާމާތަށް އެހެލުމަށް ބޭނުންވެގެން މިފަރާތުން އާރުއެފް ސަރަޙައްދުން 10،000އަކަފޫޓު ބިމެއްހަމަޖައްސަވައި ދެއްވުމަށް ޗާޓާއިއެކު ހުށަހަޅާފައިވާތީ، މިބިމަކީ އެހެން ބޭނުމަކަށް ދޫކޮށްފައިވާ ބިމެއްކަމުން މިމައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ލަފައަކަށް އެދި ހިތަދޫ އަވަށު އޮފީހުން ހުށަހަޅާފައިވާ މައްސަލައިގައި ކުރެވުނު މަޝްވަރާގައި، މިފަރާތުން އެދިފައިވާ ގޮތަށް ހިތަދޫ ޕޯޓު ސަރަޙައްދުން (ކައުންސިލަށް ނިސްބަތްވާ ސަރަޙައްދުން) 10،000އަކަފޫޓުގެ ބިމެއް 06މަސް ދުވަހަށް ހަމަޖައްސަވައި ދިނުމަށް ފެންނަ ކަމަށާއި، އަދި މި 06 މަސް ދުވަހުގެ ތެރެއިން 01 މަހަކީ ގްރޭސްޕީރިއަޑެއްކަމަށް ކަނޑައަޅައި، ބާކީ 05 މަސް ދުވަހަށް ކޮންމެ މަހަކަށް އަކަފޫޓަކަށް 01(އެކެއް) ރުފިޔާގެ ރޭޓުން ކުލި ނަގަން ފެންނަ ކަމަށާއި، އަދި 06 މަސް ދުވަސް ފަހުން އިތުރުވާ ކޮންމެ ދުވަހަކަށް 500 (ފަސްސަތޭކަ) ރުފިޔާ ކުލީގެ ގޮތުގައި ނެގުމަށް ، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝިނާޒް

ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނަޛީރު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 07 ވޯޓް

ފެންނަކަމަށް: 07 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00  

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/65-02

ތާރީޚް: 23 ސެޕްޓެމްބަރ 2026