ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(5)/2026/65-04 |
||||
|
ޖަލްސާ: 2026 ވަނަ އަހަރުގެ 26 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 18 ވަނަ ޖަލްސާ) |
ބޭއްވުނު ތާރީޚް: 23 ސެޕްޓެމްބަރ 2026 |
|||
|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 07 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި. |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނު ގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 07 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމެޓީއިން ހުށަހަޅާފައިވާ މައްސަލަ ސ.ހިތަދޫ މަސަލަސް ޢަލީ މޫސާގެ ނަންމަތީ 1998ގައި ރަޖިސްޓްރީ ކުރެވިފައިވާ މަސަލަސް ކިޔާ ގޯތި އަކީ ރަޖިސްޓްރީ ކުރިއިރު 4000 އަކަފޫޓު ބިމަކަށްވާތީވެ، މިގޯތި ބެހޭނެ ގޮތެއް ހޯދުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުށަހެޅުމާއި ގުޅިގެން ބިން ސާރވޭ ކުރިއިރު ބިމުގެ ސައިޒަކީ 3732 އަކަފޫޓު ކަމަށް ވާތީ، މަސަލަސްގޯތީގެ އުތުރަށްވާ ގޮތަށް ވިކެޓްސްގޯތިއާއި މަސަލަސްގޯތިއާއި ދެމެދު އޮތް 139 އަކަފޫޓުގެ ހުސްބިން މަސަލަސް ގޯއްޗަށް ލައިދިނުމަށް ގޯތީގެ ވެރިފަރާތުން އެދިފައިވާ މައްސަލާގައި ކުރެވުނު މަޝްވަރާގައި މިފަރާތުން އެދިފައިވާ ގޮތަށް މިބިމާއި އިންވެފައިވާ ވިކެޓްސް ގޯތީގެ އިންފާރު ރާނާފައިވާ ކަން ޔަގީންކޮށް ފޮޓޯނެގުމަށް ފަހު އަދި މިކަމާއި ގުޅޭ ރިޕޯޓެއް އެޓޭޗްކުރުމަށް ފަހު މައްސަލައެއް ނެތްކަމަށް ފާހަގަވާ ނަމަ ރަޖިސްޓްރީ އިސްލާހުކޮށްދެއްވުމަށް ، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ. |
||||
|
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝިނާޒް |
ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނަޛީރު |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ވޯޓުގައި ބައިވެރިވި: 07 ވޯޓް |
ފެންނަކަމަށް: 07 ވޯޓް |
ނުފެންނަކަމަށް: 00 |
ބައިވެރިވެވަޑައިނުގަންނަވާ:00 |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

